ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ “އިންޓަރނޭޝަނަލް ޑޭ އޮފް ސައިން ލެންގުއޭޖްސް” އާ ގުޅުވައިގެން ބީއެމްއެލް އިން ހާއްސަ ހަރަކާތްތައް ހިންގައިފިއެވެ.
އެގޮތުން ބީއެމްއެލް އިން ވަނީ މޯލްޑިވްސް ޑެފް އެސޯސިއޭޝަނަށް އަށް ސައިން ލެންޖުއޭޖް ޑިންޝަނަރީ އެއް އުފެއްދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މީގެ އިތުރުން އަޑުއިވުމާއި ވާހަކަ ދެއްކުމުގައި ދަތިކަން ހުންނަ މީހުންނަށް ޚިދުމަތް ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ބޭނުމުގައި ޑެފް އެސޯސިއޭޝަނާ ގުޅިގެން ބޭންކުގެ މުވައްޒަފުންނަށް ސައިން ލެންގުއޭޖް ޓްރެއިނިން ސެޝަންއެއް ވެސް މިއަދު ވަނީ މުވައްޒަފުންނަށް ބާއްވާފައެވެ.
ބީއެމްއެލް އިން 2020 ވަނަ އަހަރުވެސް ވަނީ މުވައްޒަފުންނަށް ސައިން ލޭންގުއޭޖް ޓްރެއިނިންގ ސެޝަން އެއް ބާއްވާފައެވެ.