ކަމަދޫ ކައުންސިލް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ރިއަލް ބުރަދާސް އަށް

ބ. ކަމަދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި “ދަ ހޯކްސް ކަމަދޫ ކައުންސިލް ފުޓްސަލް މުބާރާތް 2022” ގެ ޗެމްޕިއަންކަން އެފްސީ ރިއަލް ބްރަދާސް ހޯދައިފި އެވެ.

އެފްސީ ރިއަލް ބްރަދާސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިއްޔެ ހަވީރު ކުޅުނު ފައިނަލު މެޗުގައި 2-1 އިން ދި ފްރެންޑްސް ބަލިކޮށްގެންނެވެ.

މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ އެފްސީ ރިއަލް ބްރަދާސްގެ އިޒްދާން އަބްދުﷲ އެވެ.

އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު ހޯދީ އެފްސީ އޮމެގާސް ގެ މުހައްމަދު އަނޫފެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ކަމަދޫ ފުޓްސަލް ކިންގްގެ މަގާމު ހޯދި ދި ފްރެންޑްސްގެ އަހްމަދު ޝިފާނު އާއި ޓޯނަމެންޓް ކިންގް އަލީ ހާފިޒު އާއި އެފްސީ ރިއަލް ބްރަދާސްގެ ޝަފްރާޒް އަބްދުލް ހަންނާނު އާއި ޒައިދާން އަބްދުﷲ އާއި އަލީ ޝާމިޒް އެވެ.

މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ އެފްސީ ހޯލި އެވެ.

ކަމަދޫގައި ބޭއްވި ފޯރިގަދަ މި މުބާރާތުގައި 7 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފަ އެވެ. އަދި ދެ ވަނަ ޓީމަށް 10،000 ރުފިޔާ ވަނީ ދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.