ޕީޓީއޭގެ ނައިބް ރައީސަކަށް އައިސްތު

އައިޝަތު ހުސައިން

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ބެލެނިވެރިންނާއި މުދައްރިސުންގެ ގުޅުން (ޕީޓީއޭ) ގެ ނައިބް ރައީސްގެ މަގާމަށް އައިޝަތު ހުސައިން އިންތިހާބުކޮށްފި އެވެ.

ޕީޓީއޭގެ ނައިބު ރައީސާ އާއި ހިންގާ ކޮމެޓީއަށް މެންބަރުން އިންތިހާބު ކުރަނީ، އެ ޖަމިއްޔާގެ ކްލާސް މަންދޫބުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

އެގޮތުން އައިސްތު، އެ މަގާމަށް އިންތިހާބުކުރީ އެ ޖަމިއްޔާގެ ނައިބް ރައީސް ހޮވުމަށް ބޭއްވި ޖަލްސާގައި ބައިވެރިވި ކްލާސް މަންދޫބުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބިގެންނެވެ. އޭނާއާ ދެން ވާދަ ކުރެއްވީ ނާޒްނީނާ ޔޫސުފެވެ.

ބ. އަތޮޅު ހޮސްޕިޓަލުގައި ސީނިއާ ރެޖިސްޓާޑް ނަރުހެއްގެ މަގާމު އަދާކުރަމުން އަންނަ އައިސްތު ވަނީ މީގެ އަހަރުތަކެއް ކުރިން ވެސް ޕީޓީއޭގެ ނައިބް ރައީސްކަން ކޮށްފައެވެ.

ޕީޓީއޭގެ ގަވައިދުގައިވާ ގޮތުން އެ ޖަމިއްޔާގެ ރައީސަކީ އެވަގުތަކު ސްކޫލު ހިންގަން ހުންނަ އެންމެ އިސްވެރިޔާ އެވެ.

ޕީޓީއޭގެ ހިންގާ ކޮމެޓީއަށް އަލަށް އިންތިހާބުކުރި މެންބަރުން

ޕީޓީއޭގެ ހަޒާންދާރަކަށް އިންތިހާބުކުރީ އަލީ އަޝްރަފެވެ. މީގެ އިތުރުން ޕީޓީއޭގެ ހިންގާ ކޮމެޓީއަށް އިތުރު މެންބަރުންގެ ގޮތުގައި ވަނީ ހަތް މީހަކު އިންތިހާބު ކޮށްފަ އެވެ.

ޕީޓީއޭގެ ހިންގާ ކޮމެޓީ އަށް އިންތިހާބުކުރި އިތުރު މެންބަރުން

  • އައިޝަތު ޖަނާ
  • މައުސޫމާ ހުސައިން
  • މަރިޔަމް ނާޒިމާ
  • ސުދާ ޔޫސުފް
  • މަރިޔަމް ނަސީމާ
  • ވަސީލާ ޔޫސުފް
  • އާމިރާ އަބޫބަކުރު

ޕީޓީއޭގެ ދައުރަކީ އެއް އަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.