ބ. އަތޮޅު ގުރްއާން މުބާރާތް މާދަމާ ރޭ ފަށަނީ

ކުރިން ބޭއްވި ގުރުއާން މުބާރާތެއްގައި ދަރިވަރަކު ކިޔަވަނީ

ޤުރްއާން ކިޔެވުމުގެ އަތޮޅު މުބާރާތް މާދަމާ ރޭ އޭދަފުށީގައި ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.

ބ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ އަތޮޅު މުބާރާތަށް ކުދިން ހޮވާފައިވަނީ ރަށްރަށުގެ ކައުންސިލުތަކުން ސްކޫލުތަކަށާއި އަމިއްލަ ގުރުއާން ކުލާސްތަކަށް ހުޅުވާލައިގެން ބޭއްވި ގުރުއާން މުބާރާތްތަކުންނެވެ. އެގޮތުން މި މުބާރާތުގައި މިއަތޮޅުގެ ނުވަ ރަށަކުން 132 ދަރިވަރުން ވާދަކުރާނެ އެވެ.

މާދަމާ ރެއިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް އޭދަފުށީ މަލްޓީޕާޕަސް ހޯލުގައި ބާއްވާ މި މުބާރާތުގައި ވާދަކުރާނީ ރަށްރަށުގެ ކައުންސިލުތަކުން ބޭއްވި މުބާރާތްތަކުން އެންމެ ރަގަޅު ނަތީޖާ ހޯދިކުދިންނެވެ. މުބާރާތުގައި މިއަހަރު ބައިވެރިވެފައިވާ ރަށްރަށަކީ، ހިތާދޫ، ތުޅާދޫ، ކެންދޫ، މާޅޮސް، ކަމަދޫ، ދޮންފަނު، ކަމަދޫ، ދަރަވަންދޫ އަދި އޭދަފުއްޓެވެ.

އަތޮޅު ގުރުއާން މުބާރާތް ބާއްވަނީ ގައުމީ ގުރުއާން މުބާރާތުގައި އަތޮޅު ތަމްސީލުކުރާނެ ކުދިން ހޮވުމަށެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ގައުމީ ޤުރްއާން މުބާރާތުގައި ބ. އަތޮޅު ތަމްސީލުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.