
އޭ ލެވެލް އިމްތިހާނު މިއަދު ފަށައިފި އެވެ.
ޑީޕީއިން ބުނިގޮތުގައި ރާއްޖޭގެ 40 ސެންޓަރެއްގައި މި އިމްތިހާން ބާއްވަ އެވެ. ސްކޫލުތަކުން 2785 ދަރިވަރުން އިމްތިހާން ހަދާއިރު، އިމްތިޙާނު ކުރިއަށް ގެންދަނީ، މާލޭގެ 4 ހަތަރު ސެންޓަރެއްގެ އިތުރުން، އަތޮޅު ތެރޭގެ 36 ސެންޓަރެއްގައެވެ.
މިއަދުން ފެށިގެން އޮކްޓޯބަރު 28 ގެ ނިޔަލަށް ކުރިއަށް ދާ މި އިމްތިހާނުގައި މިއަދު އޮތީ އިސްލާމް ޓެސްޓެވެ.
ފައިނަލް އިމްތިހާނުގައި ދަރިވަރުން ހޯދަމުން އަންނަ ނަތީޖާ އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ރަނގަޅުވަމުންނެވެ. ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ އަދަދު އިތުރުވެ ގައުމީ ގަދަ 10 ގައި ހިމެނޭ ދަރިވަރުންގެ އަދަދު ވެސް އިތުރުވެ އެވެ.


