ސީސީން އެމްއޭއެމް ޕްރީ ސްކޫލް ކުދިންނަށް އެކްޓިވިޓީ ޔުނިފޯމް ހަދިޔާކޮށްފި

އެމްއޭއެމް ޕްރީސްކޫލްދަރިވަރުންނަށް އެކްޓިވިޓީ ޔުނިފޯމް ހަވާލު ކުރުން- ފޮޓޯ/ކްލަބް ކޮމްބިނޭޝަން

ބ. އޭދަފުށީގައި މިހާރު އެންމެ ހަރަކާތްތެރިވަމުން އަންނަ އެއް ޖަމިއްޔާ ކަމަށްވާ ކްލަބް ކޮމްބިނޭޝަން (ސީސީ) އިން އެމްއޭއެމް ބަހިއްޔާ ޕްރީ ސްކޫލް ކުދިންނަށް ބޭނުންވާ އެކްޓިވިޓީ ޔުނިފޯމް ހަދިޔާކޮށްފި އެވެ.

ސީސީ އިން މިތަކެތި ޕްރީ ސްކޫލާ ހަވާލުކޮށްދެއްވީ އެ ޖަމިއްޔާގެ ރައީސް އަތުފާލް އިބްރާހީމާއި ޖަމިއްޔާގެ އިސް ބައެއް މެބްބަރުންނެވެ. އެމްއޭއެމް ޕްރީ ސްކޫލް ބަހިއްޔާ ކެމްޕަސްގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ މެނޭޖަރު ފަޒީލާ އަބްދުލްއަފޫރެވެ.

އެމްއޭއެމް ޕްރީސްކޫލްދަރިވަރުންނަށް އެކްޓިވިޓީ ޔުނިފޯމް ހަވާލު ކުރުން- ފޮޓޯ/ކްލަބް ކޮމްބިނޭޝަން

އަތުފާލު އިބްރާހީމް ވިދާޅުވީ މިއީ އެ ކްލަބްގެ ފަރާތުން ރަށުގެ ސްކޫލްތަކަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ކަމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އެހީތައް އޭދަފުއްޓަށާއި ބ. އަތޮޅުގެ ރަށްރަށަށް ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.

ސީސީ އިން އަންނަނީ ފަހަކަށް އައިސް އޭދަފުށީގެ އިޖްތިމާއީ ދާއިރާ ކުރިއެރުވުމަށާއި އެދާއިރާއަށް އެހީތެރިވުމުގައި ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން އެ ޖަމިއްޔާއިން ދާދިފަހުން ވަނީ ރަށު ތެރެ ސާފުކުރުމުގެ ހަރަކާތަކާއި އެކި އޮފީސްތަކުން ހިންގާ ހަރަކާތްތަކުގައި ތަފާތު އެކި ގޮތްގޮތުން އެހީތެރިވެދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.