
ބ. އަތޮޅު ތައުލީމީ މަރުކަޒަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރި މުވައްޒަފުންގެ އަގު ވަޒަންކޮށްފި އެވެ.
ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ރޭ ބޭއްވި ސްޓާފް ނައިޓްގައި އެ ސްކޫލަށް 15 އަހަރާއި 19 އަހަރާއި 20 އަހަރާއި 29 އަހަރުގެ އިތުރުން 30 އަހަރަށް ވުރެ ގިނަ އަހަރު ޚިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް އެވޯޑް ދިނެވެ.
މި އެވޯޑުތައް ހަވާލުކޮށްދެއްވީ އެ ސްކޫލުގެ ސީނިއާ މެނޭޖްމަންޓްގެ މެންބަރުންނެވެ.

މުޅި އެކު، 50 މުވައްޒަފަކަށް މި އެވޯޑު ލިބުނު އިރު، 30 އަހަރު ޚިދުމަތްކޮށްދީފައިވާ 11 މުވައްޒަފަކަށް މި އެވޯޑް ލިބުނެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒަކީ ޔުނިސެފްގެ އެހީގައި ދިވެހި ސަރުކާރުން އަތޮޅުތެރޭގައި އިމާރާތްކުރި އެންމެ ފުރަތަމަ އަތޮޅު ތައުލީމީ މަރުކަޒެވެ.
