އޭދަފުށި ކަޕް އަންނަ ހުކުރު ދުވަހު ފަށަނީ

ބ. އޭދަފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އޭދަފުށި ކަޕް” ދެވަނަ ފުޓްބޯޅަ މުބާރާތް އަންނަ ހުކުރު ދުވަހު ފަށަން ނިންމައިފި އެވެ.

އޭދަފުށީށީ ޓާފް ދަނޑުގައި ކުޅޭ މި މުބާރާތުގައި މިއަހަރުވެސް އޭދަފުށީގެ ފަސް ޓީމު ވާދަކުރެއެވެ. އެއީ އެމްއޭ ޔުނައިޓެޑް، ހުސްސޮންގުން، ވެލާ ސްޕޯތްސް ކްލަބް، އިރުމަތި އެފްސީ އަދި އޭދަފުށި ކައްކާނި އެވެ.

މި މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށްދާނީ ލީގު އުސޫލުންނެވެ.  އެއަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ފައިނަލުގެ ދަވަނަ ޖާގަ ލިބޭނީ އެންމެގިނަ ޕޮއިންޓް ހޯދާ ދެވަނަ އަދި ތިންވަނަ ޓީމު ކުޅެގެން މޮޅުވާ ޓީމަކަށެވެ.

އޭދަފުށީން ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ މިރަށުގެ ދެ ޖިންސުގެ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އޭދަފުށީގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެސްޓީއޯ އެވެ. ކޯ ސްޕޮންސާ އަކީ އެލް މޯބައިލް، ކޮކާ ކޯލާ، އެމްޔޫ ސްޓޯރު، ސީވިއު ބިސްޓްރޯ، ސޯސަން ފިހާރަ އަދި ޔަމަހާ އެވެ. މުބާރާތުގެ ބެވަރޭޖް ޕާޓްނަރަކަށް ހެޕީ މާކެޓް ހަމަޖައްސާފައިވާއިރު މިފަހަރުވެސް ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.