
ބ. ކުޑަރިކިލުގެ ފެނާއި ނަރުދަމާ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ފުރަތަމަ ކުރިއަށްދަނީ ކުރިއަށްދާނީ އާރުއޯ ބިލްޑިންގ އިމާރާތް ކުރުމުގެ މަސައްކަތްކަމަށެވެ. އަދި މި މަޝްރޫއަށް ބޭނުންވާ ބައެއް ސާމާނު މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ މި މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދެވޭ ގޮތަށް ސާމާނު އެރަށަށް ފޮނުވުމަށް ޝެޑިއުލްކޮށްފައިވާކަމަށެވެ.
ކުޑަރިކިލުގައި މިހާރު ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމަކީ މީގެ 13 އަހަރު ކުރިން ގާއިމު ކޮށްފައިވާ ނަރުދަމާ ނިޒާމެކެވެ.


