އޭަދަފުުއްޓަށް 1.2 މެގަވޮޓްގެ ޖަނަރޭޓަރެއް ގެނެސްފި

އޭދަފުއްޓަށް އަލަށް ގެނައި 1.2މެގަވޮޓްގެ ޖަނަރޭޓަރު ސެޓް. ފޮޓޯ: ޕީއެސްއެމް

ބ. އޭދަފުށީގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް  1.2 މެގަވޮޓްގެ ޖަނަރޭޓަރު ސެޓެއް މިރަށަށް ގެންގޮސްފިއެވެ.

އޭދަފުށީ ފެނަކަ ބުރާންޗް އިން ބުނިގޮތުގައި ސަރުކާރުން އޭދަފުށީގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް ގެންދިޔަ މިޖަނަރޭޓަރ ސެޓްގެ ސަބަބުން ކުރިއަށް އޮތް ދިހައަހަރު ދުވަހަށް ކަރަންޓްގެ މައްސަލަ އެއްކޮށް ހައްލުވެގެންދާނެއެވެ.

މި ޖަނަރޭޓަރ ސެޓް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި އެ މަސައްކަތް 15 ވަރަކަށް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ފެނަކައިން ބުންޏެވެ.


މި ޖަނަރޭޓަރު ސެޓް އިސްޓޯލްކޮށް ނިމި، ކަރަންޓް ފޯރުކޮށްދޭން ފެށުމުން އިތުރު ޖަނަރޭޓަރު ސެޓެއް އޯވަހޯލްކޮށް ނުވަތަ މައްސަލައެއް ދިމާވާ ހަލާތްތަކުގައި ރަށުން ކަރަންޓް ކަނޑާނުލާ އެކަމެއް ހައްލުކުރުމަށް ފަސޭހަ ވެގެންދާނެކަމަށްވެސް ފެނަކަ އިން ބުނެއެވެ.

އޭދަފުއްޓަށް ދިމާވެފައިވާ އެންމެ އަސާސީ އެއް މައްސަލަކަމަށްވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ މީގެ ކުރިން 1 މެގަވޯޓުގެ ޖަނެރޭޓަރު ސެޓެއްވެސް ފޯރުކޮށްދީފައެވެ.

މިހާރު މިރަށަށް ކަރަންޓް ފޯރުކޮށްދެނީ 300 ކިލޯވޮޓް އާއި 600 ކިލޯވޮޓް އާއި 800 ކިލޯވޮޓްގެ އިތުރުން 1 މެގަ ވޮޓްގެ ޖަނަރޭޓަރު ސެޓް މެދުވެރިކޮށެވެ.

އޭދަފުށީގެ ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކުރަމުންގެންދާ އެންމެ މުހިންމު އަނެއް މަސައްކަތަކީ ކޭބަލް ނެޓްވޯކް ބަދަލުކޮށް ހައި ވޮލްޓޭޖް ކޭބަލް އެޅުމުގެ މަސައްކަތެވެ.

ރަށުގެ އެކިއެކި ހިސާބުތަކަކަށް ވޯލްޓޭޖް ދައްވާ މައްސަލައަށް ހައްލު ގެނައުމުގެ ގޮތުން ކުރިއަށް ގެންދާ މި މަސައްކަތުގެ ދަށުން ރަށުގެ ފަސް ސަރަހައްދެއްގައި ޓްރާސްފޮމަރުތައް ބަހައްޓާ ކޭބަލް ނެޓްވޯކް ބަދަލު ކުރުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށޭނެކަމަށް ވެސް ފެނަކައިން ބުންޏެވެ.


އޭދަފުށީގައި މިހާރު ބެނުން ކުރާ ކޭބަލް ނެޓްވޯކް އަކީ 1995ވަނަ އަހަރު ހިސާބުގައި އަޅާފައި އޮތް ކޭބަލް ނެޓްވޯކެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.