ދަރަވަންދޫ އެއާޕޯޓުން ހިފަހައްޓާފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

އެކި މައްސަލަތަކުގައި ބ. ދަރަވަންދޫ ޕޮލިސް ޑެސްކުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި ބިޔަރު ފުޅިތަކެއް ނައްތާލައިފި އެވެ.

ފުލުހުން ބުނީ ދަރަވަންދޫގައި މި ފަހަރު ނައްތާލީ މިއަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެކި ދުވަސްތަކުގައި ދަރަވަންދޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ބަނގުރާލައި ބިޔަރު ކަމަށެވެ.

މީގެ އިތުރުން، ބަނގުރާގެ މައްސަލައެއްގައި ދަރަވަންދޫއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 20 ލިޓަރުގެ ހަމެއްގައިހުރި ބަނގުރާވެސް ނައްތާލާފައިވެއެވެ.

އެގޮތުން 770 ބަނގުރާ ފުޅި އާއި 428 ބިޔަރު ދަޅު ނައްތާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންކަމަށް ފުލުހުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.