އޭދަފުށީގައި ނައިޓް މާކެޓެއް ބާއްވަނީ

އަންނަ ޑިސެމްބަރުމަހު އޭދަފުށީގައި ބޮޑު ނައިޓް މާކެޓެއް ބާއްވަން ނިންމައިފި އެވެ.

އޭދަފުށީގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ދަ ބިގިނާސް އިން އިންތިޒާމްކޮށްގެން ބާއްވާ މި ނައިޓް މާކެޓް އޮންނާނީ އޭދަފުށީ ބަނދަރު ސަރަހައްދުގައި ޑިސެމްބަރު މަހުގެ 1-3 އަށެވެ.

ނައިޓް މާކެޓްގައި ބައިވެރިވާން ބޭނުންވާ ވިޔަފާރިތަކަށް މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ދަ ބިގިނާސް އިން ބުންޏެވެ. ނައިޓް މާކެޓާ ބެހޭ އިތުރު މައުލޫމާތު 9998370 އިން ލިބޭނެ އެވެ.

ޓީބީން ބުނީ މި ނައިޓް މާކެޓަށް މިހާރު ވެސް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށެވެ. އަދި އަތޮޅު ތެރެއިން ބައިވެރިވާން ބޭނުންވާ ފަރާތްތަކާވެސް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

“މި މައިޓް މާކެޓްގެ މަގުސަދަކީ ގިނަ އަދަދެއްގެ ވިޔަފާވެރިންނާއި އާންމުން އެއް ތަނަކުން އެއްފަހަރާ ވިޔަފާރިކޮށްލުމަށް ފުރުސަތު ހޯދައި ދިނުން. ގިނަ މޭޒުތައް މިހާރު ވަނީ ވިކިފައި، ބާކީ ހުރީ ފަސް ވަރަކަށް މޭޒު” ދަ ބިގިނާސް އިން ބުންޏެވެ.

އެ ޖަމިއްޔާއިން ބުނީ 3 ދުވަހުގެ މުއްދަތަށް ބާއްވާ ނައިޓް މާކެޓްގައި ހުރިހާ ބާވަތެއްގެ މުދާ ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.