
ބ. އަތޮޅު ހޮސްޕިޓަލްގައި ޑައިލިސިސްގެ ހިދުމަތް ފަށައިފި އެވެ.
ބ. އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސްގެ ޙިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި އެކަމަށް ޚާއްސަ އިމާރާތެއް އެޅީ މިއަހަރުއެވެ.
ޑަޔަލިސިސްގެ ޚިދުމަތަކީ ވަރަށް ގިނަ ވަގުތު ހޭދަ ކުރަން ޖެހޭ ކަމެކެވެ. އެންމެ މީހަކަށް ޑަޔަލިސިސް ހަދަން މަދުވެގެން ހަތަރު ގަޑިއިރު ނަގާނެ އެވެ.
ރާއްޖޭގައި ކިޑްނީއާ ގުޅޭ ބަލިތަކުގެ ފަރުވާ ހޯދާ މީހުން ވަރަށް ބޮޑަށް އިތުރުވެފައިވާއިރު ބ. އަތޮޅުގައި އެކަނިވެސް ޑައިލިސިސް ހަދަންޖެހޭ 18 މީހުން އެބަތިއްބެވެ.
މިހާތަނަށް ބ. އަތޮޅުގައި ދިރިއުޅޭ ކިޑްނީގެ ބަލިތަކުގެ މީހުން ޑަޔަލިސިސް ހަދަން ދާން ޖެހެނީ މާލެ އަށާއި ކުޅުދުއްފުށި އަދި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެވެ.
ނަމަވެސް ބ. އަތޮޅު ހޮސްޕިޓަލުން މި ހިދުމަތް ލިބިގެން ދިއުމަކީ މި ޚިދުމަތް ހޯދަމުން އަންނަ ބަލިމީހުން ލިބޭނެ ވަރަށްބޮޑު ފަސޭހަކަށް ވެގެންދާނެ ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.
ބ. އަތޮޅު ހޮސްޕިޓަލުގެ ޑައިލިސިސްގެ ޔުނިޓް ހުޅުވީ ތިބް އެނދާއެކުގަ އެވެ. އަދި މި ހިދުމަތް ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން ވަނީ ދެ ނަރުހުން ތަމްރީންކޮށްފަ އެވެ. މި ހިދުމަތައް އިތުރު ނަރުހުން އަންނަ އަހަރު ތަމްރީން ކުރެވިގެން ދާނެކަމަށް ވެސް އެހޮސްޕިޓަލުން ބުންޏެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ޑައިލިސިސްގެ ހިދުމަތް ފެށުމަކީ ސިއްހީ ދާއިރާއަށް ކަނޑައަޅާފައިވާ އަމާޒެކެވެ.
