ބ. އަތޮޅު ހޮސްޕިޓަލުގެ ހިތާނީ ކޭމްޕަށް ނަން ނޯޓް ކުރަން ފަށައިފި

ބ. އަތޮޅު ހޮސްޕިޓަލުން އަންނަ ޗުއްޓީ ބަންދާ ދިމާކޮށް ކުރިއަށް ގެންދާ، ހިތާނީ ކޭމްޕްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ނަންނޯޓް ކުރުމަށް ހުޅުވާލައިފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި މިއަހަރުގެ ހިތާނީ ކޭމްޕް އޮންނާނީ ޑިސެމްބަރު 22 -27 ގެ ނިޔަލަށެވެ. ހިތާނީ ފެސްޓިވަލުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ނަންނޯޓް ކުރުމަށް 6608309 އަށް ގުޅުމަށް އެ ހޮސްޕިޓަލުން އެދެއެވެ.

މި ކޭމްޕަގައި ބައިވެރިވުމަށް އެއްވެސް ފީ އެއް ދައްކާކަން ނުޖެހެ އެވެ. ހިތާނު ކުރުމަށް ހިނގާ ހުރިހާ ހަރަދެއް އާސަންދައިން ކަވަރު ކުރެ އެވެ.

އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި މި ކޭމްޕްގައި ވެސް ހިތާނު ކުރުމަށްޓަކައި ހަދަންޖެހޭ ޓެސްޓްތައް ހެދުމާއި ހިތާނުކުރުން ކުރިއަށް ދާނީ އޮޕަރޭޝަން ޑޮކްޓަރެއްގެ ބެލުމުގެ ދަށުންނެވެ.

ޗުއްޓީއާ ދިމާކޮށް، ހިތާނުކުރަން ބޭނުންވާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތެއް ހޯދައިދިނުމަށް ފަހަކަށް އައިސް ކޮންމެ އަހަރަކުވެސް އަތޮޅު ހޮސްޕިޓަލުގައި ހިތާނު ކުރުމުގެ ކޭމްޕް ބާއްވަ އެވެ. އެގޮތުން މިދިޔަ ބޮޑު ޗުއްޓީގައި ވެސް އެ ހޮސްޕިޓަލުގައި ހިތާނީ ކޭމްޕެއް ވަނީ ބާއްވައިފަ އެވެ.

ހިތާނީ ކޭމްޕަށް އަތޮޅު ހޮސްޕިޓަލު ވަރަށް ބޮޑަށް ޒީނަތްތެރިކުރެ އެވެ. އަދި ހިތާނުކުރާ ކުދިން އެ ތަނުގައި ބައިތިއްބާ ވަގުތުތަކުގައި ކުދިންނަށް ހަދިޔާ ދިނުމުގެ ފުރުސަތުވެސް އޮންނަނީ ހުޅުވާލައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.