ބ. އަތޮޅު ހޮސްޕިޓަލަށް ޑެންޓަލް ޑިޖިޓަލް އެކްސްރޭ މެޝިނެއް ހަދިޔާކޮށްފި

ދަތުގެ ފަރުވާއަށް ބޭނުންވާ ޑިޖިޓަލް އެކްސްރޭ މެޝިނެއް ދަ ކްލަބް ބިގިނާސް (ޓީބީ) އިން ބ. އަތޮޅު ހޮސްޕިޓަލަށް ރޭ ހަދިޔާކޮށްފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބ. އަތޮޅު ހޮސްޕިޓަލުގެ ފަރާތުން މެޝިނާ ހަވާލުވެވަޑައިގަތީ އެ ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދެވެ.

މުހައްމަދު ރަޝީދު ވިދާޅުވީ އެ ހޮސްޕިޓަލުގައި އަލަށް ބެހެއްޓި މި މެޝިނުން ހިދުމަތް ދޭން ފެށުމުން، ދަތުގެ އެކްސްރޭ ނެގުމުގެ ހިދުމަތް އަވަސްވެ، ގިނަ ބަޔަކަށް އެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ބ. އަތޮޅުން ގިނަ ބަޔަކު އެ ހޮސްޕިޓަލުން ދަތުގެ ފަރުވާ ހޯދާއިރު، މި މެޝިން ބެހެއްޓުން ވެގެންދާނީ ހިދުމަތް އަވަސްވެ، އަތޮޅުގެ ގިނަ ބަޔަކަށް އޭގެ މަންފާ ކުރާނެ ކަމަކަށެވެ.

ދަ ބިނިނާސް އިން ބުނި ގޮތުގައި މިއީ އެއްލައްކަ ފަންސާސް ހާހަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ބެހެއްޓި މެޝިނެކެވެ.

އެ ކްލަބުން ބުނީ މިއީ ފެށުމެއް ކަމަށް ބަލައިގެން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މިކަހަލަ ކޮންމެވެސް އަގުހުރި ވަސީލަތެއް އޭދަފުށީގެ ކޮންމެވެސް އެއް މުއައްސަސާއަކަށް ކޮންމެ އަހަރަކު ވެސް ފޯރުކޮށްދޭން އެ ޖަމިއްޔާއިން ނިންމާފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.