ބ. އަތޮޅު ހޮސްޕިޓަލްގައި ލޮލުގެ ފަރުވާގެ ޚިދުމަތް ފަށައިފި

ބ. އަތޮޅު ހޮސްޕިޓަލުގައި ލޮލުގެ ފަރުވާގެ ޚިދުމަތް ރަސްމީކޮށް މިއަދު ފައްޓަވައިދެއްވަނީ

ބ. އަތޮޅު ހޮސްޕިޓަލްގައި ލޮލުގެ ފަރުވާގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ލޮލުގެ ފަރުވާގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ބ. އަތޮޅު ކައުންސިލުގެ ރައީސް އަހްމަދު އަފްރާހެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ހެލްތު ސާވިސް މުހައްމަދު ރަޝީދު ވިދާޅުވީ ލޮލުގެ ފަރުވާއަށް ބޭނުންވާ ގިނަ ބަޔަކު ބ. އަތޮޅުގައި އެބަތިބި ކަމަށާއި މި ހިދުމަށް އެ ހޮސްޕިޓަލުގައި ރަސްމީކޮށް މިއަދު ފެށިގެން ދިއުމަކީ މިއަތޮޅުން ލޮލުގެ ފަރުވާ ހޯދާ މީހުންނަށް ލިބުނު ވަރަށްބޮޑު ފަސޭހައެއް ކަމަށެވެ.

މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި ލޮލުގެ ފަރުވާއަށް ބޭނުންވާ އެންމެ ފަހުގެ މެޝިނަރީޒް ލިބިގެން ދިޔައީ އެ ހޮސްޕިޓަލުގަިއ މަސައްކަތް ކުރައްވާ މުވައްޒަފުން ހާއްސަކޮށް ނަރުހުންގެ އޯގާތެރިކަމާއި ހޮތްހެޔޮކަމުގެ ސަބަބުންވެ.

“ހަގީގަތުގައި އަޅުގަނޑުމެންނަށް ލޮލުގެ މި ސެޓަޕް މި ލިބުނީ ބ. އަތޮޅު ހޮސްޕިޓަލު މުވައްޒަފުންގެ އޯގާތެރިކަމާއި ހިތްހެޔޮކަމުގެ ސަބަބުން، މީގެ އަހަރެއްހާދުވަސް ކުރިން ބ. އަތޮޅު ހޮސްޕިޓަލުގައި ސޮނެވާފުއްޓަށް އައި އިނގިރޭސި ވިލާތުގެ ގެސްޓަކަށް ދެވުނު ފަރުވާގެ ސަބަބުން، އެ މީހާއަށް ވީ އޯގާތެރިކަމާއި ހިތްހެޔޮ ކަމުގެ ސަބަބުން މި ސެޓަޕް މި ލިބިގެން ދިޔައީ، އެކަމަށްޓަކައި ޚާއްސަކޮށް ހުރިހާ ނަރުހުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،”  މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުގައި މިފަހަކަށް އައިސް ގިނަ ހިދުމަތްތައްތަކެއް ތައާރަފު ކުރަމުން އަންނައިރު، އެ ހޮސްޕިޓަލުން އަންނަނީ ކުރިން ނުލިބޭ ގިނަ ސިއްހީ ފަރުވާތައް ތައާރަފު ކުރަމުންނެވެ. އެގޮތުން މިދިޔަ ހަފްތާ އެ ހޮސްޕިޓަލުން ވަނީ ޑައިލިސިސްގެ ޙިދުމަތްވެސް ދޭން ފަށައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.