އޭދަފުށީގައި ބާއްވާ “ޓީބީ ނައިޓް މާކެޓް”، ބަނދަރު ސަރަހައްދުގައި މިއަދު ހުޅުވާނެ ކަމަށް، މާކެޓް އިންތިޒާމްކުރާ ކްލަބް ދަ ބިނިގާސް އިން ބުނެފި އެވެ.
މިއަދުން ހަވީރުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:30އިން ރޭގަނޑު 10:00 އަށް ކުރިއަށް ގެންދާ ނައިޓް މާކެޓްގައި ގިނަ ސްޓޯލްތަކެއް ހުންނާނެއެވެ. އޭގެ ތެރޭގައި ފުޑް ސްޓޯލްތައް ވެސް ހުންނާނެ ކަމަށް، ދަ ބިގިނާސް އިން ބުނެ އެވެ.
ގިނަ އަދަދެއްގެ ވިޔަފާވެރިންނާއި އާންމުން އެއް ތަނަކުން އެއްފަހަރާ ވިޔަފާރިކޮށްލުމަށް ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ޓީބީން ބާއްވާ މި ނައިޓް މާކެޓްގައި ހުރިހާ ބާވަތެއްގެ މުދާ ހެޔޮ އަގުގައި ލިބެން ހުންނާނެ އެވެ.
ޓީބީން ބުނި ގޮތުގައި މިއީ “އޭދަފުށީގައި ބާއްވާ އެންމެ ބޮޑު އަދި މުދާ ހެޔޮ އަގުގައި ލިބޭނެ ނައިޓް މާކެޓަށް ވާނެ” އެވެ.
ނައިޓް މާކެޓް ކުރިއަށްދާނީ އޭދަފުށީ ބަނދަރު ސަރަހައްދު، މީޑިޔާ ސެންޓަރު ކުރިމަތީގަ އެވެ.