ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ބ. ދަރަވަންދު އަށް ކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން މިއަދު ބުނީ އިއްޔެ ދަރަވަންދު އަށް 58 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. ދެން އެންމެ ގިނައިން ވާރޭވެހުނީ ކ. ގާފަރާއި އދ. މާމިގިއްޔަށް ކަމަށް މެޓް އޮފީހުގެ ތަފާސްހިސާބުތައް ދައްކައެވެ.
ދަރަވަންދުއަށް އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް މެޓުން ރިޕޯޓު ކޮށްފައިވާއިރު، އިއްޔެ ވަނީ މިއަތޮޅު މާޅޮހަށް ވެސް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑު، އެރަށުގެ ބައެއް ގޭގެއަށް ފެންވަދެ، ތަކެއްޗަށް ގެއްލުން ލިބިފައިވެ އެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބައެއް އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ބެލެވޭތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.