
ބ. އޭދަފުށީ ކައުންސިލާއި ރަށުގެ ބައެއް ކްލަބް ޖަމިއްޔާތައް ގުޅިގެން “ސްޕޯޓްސް ފިޝިން” މަސްރޭހެއް ބާއްވަން ނިންމައިފި އެވެ.
އޭދަފުށީ ކައުންސިލުން ބުނި ގޮތުގައި މި މުބާރާތަކީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރަށަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.
މި މަހުގެ 24 ވަނަ ދުވަހު ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ އަންނަ އަންގާރަ ދުވަހުގެ 13:00 އެވެ
އެ މުބާރާތުން އެއް ވަނައަށް ހޮވޭ ޓީމަކަށް 5000ރ. ލިބޭނެ އެވެ. ދެވަނަ ޓީމަކަށް 3000ރ އަދި ތިންވަނަ ޓީމަކަށް 1500ރ އެވެ. އަދި އެންމެ ބަރު މަސް ބާނާ މީހަކަށް 1،000ރ. ގެ އިނާމެއް ލިބޭނެ އެވެ.


