އަހްމަދު އަލީ، 43 އަހަރުގެ ހިދުމަތަށް ފަހު ރިޓަޔާކުރައްވައިފި

އަހްމަދު އަލީ ރިޓަޔާ ކުރެއްވުން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ފާހަގަކުރަނީ: އޭނާ 43 އަހަރު ސަރުކާރަށް ހިދުމަތް ކުރުމަށްފަހު މިއަދު ވަނީ ރިޓަޔާ ކުރައްވާފައި

ބ. އަތޮޅުގައި ތައުލީމީ ދާއިރާގެ ހިދުމަތުގައި އެންމެ ގިނަ ދުވަހު ހުންނެވި އަހްމަދު އަލީ، 43 އަހަރުގެ ދިގު މުއްދަތެއް ސަރުކާރުގައި ހޭދަކުރެއްވުމަށް ފަހު، ރިޓަޔަކުރައްވައިފި އެވެ.

ތައުލީމީ ދާއިރާ އާ 1979 ގައި ގުޅިވަޑައިގެންނެވި އަހްމަދު އަލީ ރިޓަޔާ ކުރެއްވެވުމުގެ ކުރިން މިދިޔަ ހަފްތާގައި ވަނީ އޭނާގެ ހިދުމަތް ފާހަގަކޮށްފަ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނި ގޮތުގައި މިހާތަނަށް އެ ސްކޫލަށް ލިބުނު ހުރިހާ ކުރިއެރުމަކާއި ސްކޫލު ތަރައްގީ ކުރުމުގައި ވެސް އެންމެބޮޑަށް މަސައްކަތް ކުރެއްވި އެކަކީ އަހްމަދު އަލީ އެވެ. އަދި ސްކޫލަށް މޮޅެތި ޓީޗަރުން ހޯދުމުގައި ވެސް އެންމެ މުހިއްމު ދައުރެއް އަދާކުރެއްވީ އޭނާ އެވެ.

މީގެ އިތުރުން އަހްމަދު އަލީ ވަނީ އެ ސްކޫލުގެ ފައިސާގެ ކަންތައްތައް ބަލަހައްޓާ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ގިނަ ހިދުމަތްތަކެއް ކުރައްވާފައެވެ.

އަހްމަދު އަލީ މިއަދު ރިޓަޔާ ކުރެއްވީ އެންމެންނަށް ވަރަށް ގިނަ އަގުހުރި ފިލާވަޅުތަކެއް ދަސްކޮށްދެއްވާފައި ކަމަށް ވެސް އެ ސްކޫލުން ބުންޏެވެ.

އަހްމަދު އަލީ ރިޓަޔާ ކުރެއްވުން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ފާހަގަކުރަނީ: އޭނާ 43 އަހަރު ސަރުކާރަށް ހިދުމަތް ކުރުމަށްފަހު މިއަދު ވަނީ ރިޓަޔާ ކުރައްވާފައި

“އީޓީ” އާ ވާހަކަ ދައްކަވަމުން އަހްމަދު އަލީ މިއަދު ވިދާޅުވީ ތައުލީމީ ދާއިރާގައި ކުރެއްވުނު މަސައްކަތްތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި މިއަދު ރިޓަޔަ ކުރެއްވި ނަމަވެސް ސްކޫލުން ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި ވެސް އޭނާގެ އެހީތެރިކަން ލިބޭނެކަމަށް އަހްމަދު އަލީ ވިދާޅުވި އެވެ.

ޕްރައިމަރީ ޓީޗިން ކޯސް ނިންމެވުމަށް ފަހު އަހްމަދު އަލީ ސަރުކާރަށް ވެންނެވީ 1979 ގައި، ބ. އަތޮޅު މަދަރުސާގެ ޕްރައިމަރީ ޓީޗަރަކަށެވެ. އެ ސްކޫލުގަިއ އަހަރެއްހާ ދުވަހު މަސައްކަތް ކުރެއްވުމަށްފަހު ދެން ބަދަލުވެވަޑައިގަތީ ބ. އަތޮޅު ތައުލީ މަރުކަޒަށެވެ.

ތައުލީމީ ދާއިރާގައި އޭނާ ވަނީ އެޑިޔުކޭޝަން މިނިސްޓްރީގެ ރާއްޖެތެރޭގެ މަދަރުސާ/މަކްތަބްތަކުގެ މުދައްރިސްގެ މަގާމާއި ދިވެހިރާއްޖޭގެ ތައުލީމު ކުރިއަރުވާ މަރުކަޒުގެ އަތޮޅު ޕްރައިމަރީ ޓީޗަރުކަމުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ރިހިޔޫބީލް ހަފްލާގއި އަހްމަދު އަލީއަށް ހަނދާނީ ފިލައެއް އަރުވަނީ

އަހްމަދު އަލީ ވަނީ އޭނާގެ ކެރިއަރުގައި ތައުލީމީ ދާއިރާގެ އިސް މަގާމުތަކެއް ވެސް އަދާކުރައްވައިފަ އެވެ. އެގޮތުން އެސިސްޓެންޓް ހެޑްމާސްޓަރު ކަމާއި ހެޑްމާސްޓަރު ކަމުގެ އިތުރުން ޑެޕިއުޓީ ޕްރިންސިޕަލްކަން ހިމެނެއެވެ. މިއަދު ރިޓަޔާ ކުރެއްވި އިރު އޭނާ ހުންނެވީ ސްކޫލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި އެ ސްކޫލު ބަޖެޓު ބެލެހެއްޓުމުގެ އެންމެ އިސްވެރިއެއްގެ ގޮތުގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.