ބ. އޭދަފުށީ ހުޅަނގު ކޮޅު ހިއްކި ސަރަހައްދުގައި ބާއްވާފައިއޮތް އެކްސްކަވޭޓަރުގެ ވެރިފަރާތެއްނުވި ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.
ރަޖިސްޓްރީ ނަމްބަރު ނެތް ހަލާކުވެފައިވާ އެ އެކްސްކަވޭޓަރުގެ ވެރިފަރާތެއް ހޯދަން އޭދަފުށީ ކައުންސިލުން ދެ ފަހަރެއްގެ މަތިން ވަނީ އިއުލާންކޮށްފަ އެވެ. ނަމަވެސް މުއދަތު ހަމަވައިރު، އެސްވެސް ފަރާތަކުން ޝަކުވާ އަދި އެކްސްކަވޭޓަރު އެތަނުން ނަގާފައެއް ނުވެއެވެ.
އެ އިއުލާނުތަކާ ގުޅިގެން އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅާފައިނުވާތީ އާއި ވެރިފަރާތުން ހައިމާކު އެ ސަރަހައްދުން ނަގާފައިނުވާތީ، ކައުންސިލުން ކުރިން ކުރި އިއުލާމުގައި ބުނީ ވެރިފަރާތް ނެތް އެއްޗެއްކަމަށް ބަލައި ނައްތާލާނެ ކަމަށެވެ.
ގިނަ ދުވަސްތަކެއް ވަންދެން އެކްސްކަވޭޓަރާއެކު އެ ސަރަހައްދުގައި އޮތް ބޮބްކެޓްގެ ވެރިފަރާތެއް ހޯދަން ވެސް ކައުންސިލުން އިއުލާން ކުރިއެވެ. ނަމަވެސް ބޮބްކެޓްގެ ވެރިފަރާތުން އޭތި އެ ސަރަހައްދުން ނަގާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.