މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އޭދަފުށީގައި ބޭއްވި ސްޕޯޓްސް ފިޝިން ޓޯނަމެންޓް “ވާމޯސް ގޯޓް” ޓީމުން ރޭ ކާމިޔާބު ކޮށްފި އެވެ.
އޭދަފުށީ ކައުންސިލާއި ރަށުގެ ބައެއް ކްލަބް ޖަމިއްޔާތައް ގުޅިގެން ބޭއްވި މި މުބާރާތް ވާމޯސް ގޯޓް ޓީމުން ކާމިޔާބު ކުރީ މުބާރާތުގައި ބައިވެރިވި 8 ޓީމާ ވާދަކޮށް 25.18 ކިލޯ ގްރާމް މަސް ބާނައިގެންނެވެ. ދެވަނަ ހޯދި ސްޕްލޭޝް ޓީމުން ބޭނީ 21.34 ކިލޯ ގްރާމް މަހެވެ.
އޭދަފުށީ ކައުންސިލުން ވަނީ މުބާރާތުގެ ޗެމްޕިއަން ޓީމަށް 5،000ރ އަދި ދެވަނަ ޓީމަށް 3،000 ރުފިޔާގެ ފައިސާގެ އިނާމެއްދީފަ އެވެ.
މުބާރާތުގައި އެންމެ ބަރު މަސް ބޭނީ ސްޕްލޭޝް ޓީމުގެ ހުސައިން ވަހީދު އެވެ. އޭނާ ބޭނި މަހުގެ ބަރުދަން 12.54 ކިލޯއަށް އަރައެވެ. އެ ޓީމަށް އެއްހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވެ އެވެ.