ބ. އޭދަފުށީގައި އެކި ދުވަސްމަތިން ޖަމާކޮށްފައިވާ ކުނި ނައްތައް ވެމްކޯ އިން ނައްތާލައިފި އެވެ.
ވެމްކޯއިން ބުނީ އެ ކޯޕަރޭޝަނުގެ ޓީމުން މިދިޔަ ހަފްތާއެއްހާ ދުވަހު ކުރި މަސައްކަތުން އޭދަފުށީ ކުނިގޮނޑު ސާފުކޮށްފައިވާ ކަމަށެވެ. އެ ކުނި ގޮނޑުން 1200 ޓަނުގެ ކުނި ބޭރުކޮށްފައިވާ ކަމަށް ވެސް ވެމްކޯ އިން ބުންޏެވެ.
އެ ކޯޕަރޭޝަނުން ބުނީ އެ މަސައްކަތް ކުރީ އޭދަފުށީ ކައުންސިލްގެ އެދުމުގެ މަތިން ކަމަށެވެ.
ވެމްކޯ އިން އަންނަނީ އެހެން ރަށްރަށުގައި ވެސް ޖަމާވެ، ގިނަ ދުވަސްވެފައި ހުންނަ ކުނިތައް ސާފުކޮށްދީ ނައްތައިލުމުގެ މަސައްކަތްތައް ކުރަމުންނެވެ.