ބ. އޭދަފުށީ ކައުންސިލުން މިއަހަރު ހިންގުމަށް ރާވާފައިވާ ހަރަކާތްތަކުގެ ކަލަންޑަރު ނެރެފި އެވެ.
އޭދަފުށީ ކައުންސިލުން އާއްމުކޮށްފައިވާ މި ކަލަންޑަރުގައިވާ ގޮތުން މިއަހަރު ވެސް ގިނަ ކުޅިވަރު މުބާރާތްތަކެ ބޭއްވުމަށް ތާވަލުކޮށްފައިވެ އެވެ.
އެގޮތުން ރަށަށް ހުޅުވާލައިގެން ފުޓްސަލް އަދި ފުޓްބޯޅަ މުބާރާތްތަކުގެ އިތުރުން އޮފީސްތަކަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް އަދި ބެޑްމިންޓަން މުބާރާތް ހިމެނެއެވެ.
މީގެ އިތުރުން މިއަހަރު ރިސޯޓްތަކަށް ހުޅުވާލައިގެން މިއަހަރު އަލަށް ބެޑްމިންޓަން އަދި ކުރިކެޓް މުބާރާތެއް ބޭއްވުމަށް ވެސް ހިމަނާފައިވެ އެވެ.
ކުޅިވަރު މުބާރާތްތަކުގެ އިތުރުން ގުރުއާން މުބާރާތާއި ތަފާތު އެކި ދާއިރާތަކުން މީހުން ބިނާކުރުމުގެ ކޯސްތަކެއް ވެސް ހިންގުމަށް އެކްޓިވިޓީ ކަލަންޑަރުގައި ޝެޑިއުލްކޮށްފައި ވެ އެވެ.
އެގޮތުން ބޭސިކް ޖާނަލިޒަމް ކޯހަކާއި އެފްއޭއެމް ރެފްރީސް ތަމްރީން ކުރުމުގެ ކޯހެއްގެ އިތުރުން ފޮޓޯގްރަފީ/ވީޑިއޯ ގްރަފީ ވޯކްޝޮޕެއްގެ ހިމެނެ އެވެ.
މީގެ އިތުރުން ތަފާތު އެކި މުނާސަބަތުތައް ފާހަގަކުރުމަށް ވެސް ކަލަންޑަރު ކޮށްފައިވެ އެވެ.