ފުށި ފަންނު ޕާކު މަރާމާތަށްފަހު އާއްމުންނަށް ހުޅުވާލައިފި

އޭދަފުށީ ފުށި ފަންނު ޕާކް،. މަރާމާތަށްފަހު މިއަދު ވަނީ އާއްމުންނަށް ހުޅުވާލާފައި- ފޮޓޯ/އޭދަފުށީ ކައުންސިލް

ބ. އޭދަފުށީ ފުށި ފަންނު ކުޑަކުދިންގެ ޕާކް މަރާމާތަށްފަހު، އާއްމުންނަށް ހުޅުވާލައިފި އެވެ.

އޭދަފުށީ ކައުންސިލުން ބުނީ މި ޕާކުގެ މަރާމާތުކުރުމަށް އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށްގެންދިޔަ މަސައްކަތް ނިމި ޕާކު މިއަދުން ފެށިގެން އާއްމުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

އޭދަފުށީ ފުށި ފަންނު ޕާކް،. މަރާމާތަށްފަހު މިއަދު ވަނީ އާއްމުންނަށް ހުޅުވާލާފައި- ފޮޓޯ/އޭދަފުށީ ކައުންސިލް

މި ޕާކް މަރާމާތަށްފަހު މިއަދު އަލުން ހުޅުވާލިއިރު ވަނީ ކުޑަކުދިން ކުޅޭނެ އިތުރު ސްލައިޑްތަކާއި ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ކުރިން ހަދާފައިވާ ޖިމާއި ދުވާ ޓްރެކްވެސް އިތުރަށް ފުރިހަމަ ކޮށްފައެވެ.

ކައުންސިލުން ބުނި ގޮތުގައި ޕާކް މަރާމާތު ކުރުމުމުގެ މަސައްކަތުގެ ތެރެއިން ޕާކަށް ބޭނުންވާ ތަކެތި ގަތުމަށް ކައުންސިލުން 229،000 ރުފިޔާ އަދި ތަކެތި އިންސްޓޯލް ކުރުމަށް އަންހެނުންގެ ކޮމެޓީން 34,500 ރުފިޔާ ޚަރަދުވި އެވެ.

އޭދަފުށީ ފުށި ފަންނު ޕާކް،. މަރާމާތަށްފަހު މިއަދު ވަނީ އާއްމުންނަށް ހުޅުވާލާފައި- ފޮޓޯ/އޭދަފުށީ ކައުންސިލް

 ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ފުރިހަމަ ތަނެއްގެ ގޮތުގައި ހެދި މި ޕާކަކީ 2017 ވަނަ އަހަރު އޭދަފުށީ އަމިއްލަ ފަރާތަކުން ރަށުގެ ދެކުނު ފަރާތުގައި ތަރައްގީކުރި ޕާކެކެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ވެސްޓް އޭދަފުށި

    އަދިވެސް ކޮންމެ މުއްސަންޖެއްގެ ގެޔެއްކުރިމަތީ ޕާކެއްހަދާ. ޕާކުތައް ހަދަން ކައުންސިލަށް ލިޔާއިރަށް އަބަނާރާ ހުއްދަ ދޭ!
    އެހެން ނަމަވެސް މިމީހުންނަކަށް ނޭންގޭ ކޮންމެ ބަޔަކުވެސް ޕާކްހަދާފައި ކައުންސިލް ބޮލަށް ކަންޑާލާފައި މިމީހުން ބަޗަނީ ކަމެއް.
    ދެން ކައުންސިލަށް ތިއިންޕާކެއް ބެލެހެއްޓެނީއަކީ ނޫން.
    ތިޔަ އާދިލު ޕާކުވެސް ހެދުނީ ތިތަން ފަނާވެ މިނިކާދޫނި ތަކެތި ކާންފެށި ހިސާބުން. އަހަ! މާދަމާވެސް ބަޔަކު ހަމަ ޕާކެއް ހަދަން ސިޓީ ލާއިރަށް އަނެއްކާ ހަމަ ހުއްދަދޭންވީ! އެވަރިހަމަ ލޭންޑް ޔޫސް ޕްލޭނުގައި އެތަނުގައި ގެވަޅު ދޫކުރާ ގޮތައް ޕްލޭންކުރެވިފައި އޮތަސް. އެހެންވީމަ ކައުންސިލް ތަކަށް އަރާމީހުން ދިގު މުއްދަތަކަށް މިކަހަލަތަންތަން ނުބެލެހެއްޓެންޏާ ރަގަޅު ވާނީ ކަރުމަޅި ތެރެއަށް ފައި ނުކޮށްޕީއާ. ވަރަށް ސަލާމް

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.