މުޒާހަރާގެ ތެރެއިން ރައީސް އޭދަފުއްޓަށް ވަޑައިގެންފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އޭދަފުއްޓަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރައްވާ ކެމްޕެއިނުގައި މި އަތޮޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި މިއަދު އޭދަފުއްޓަށް ވަޑައިގެންނެވިއިރު ސަޕޯޓަރުންގެ މަރުހަބާގެ އަނެއްކޮޅުން އިދިކޮޅުން މުޒާހަރާ ކޮށްފި އެވެ.

ރައީސް މި ރަށަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް ޕީޕީއެމްގެ ސަޕޯޓަރުންގެ ތެރެއިން މަދު ބަޔަކު ބަނދަރުމައްޗަށް އެއްވެ ތިބީ 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލުމަށެވެ. އަދި މި ސަރުކާރުން އޭދަފުއްޓަށް ވައުދުވެފައިވާ މަޝްރޫއުތައް ނުހިނގާތީ ޝުއޫރުތައް ލިޔެފައި ހުރި ބެނާތައް ހިފައިގެންނެވެ.

ރައީސް މި އަތޮޅުގައި ކެމްޕެއިން ފެއްޓެވީ މިއަދު ހެނދުނު އޭދަފުށިންނެވެ. މި ދަތުރުތަކުގެ ތެރެއިން އޭދަފުށީގައި ޕާޓީގެ މެމްބަރުން ބައްދަލުކުރައްވައި އަދި ދަރަވަންދޫގައި ހަރުގެ ޖަލްސާއެއް ބާއްވާނެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އޭދަފުއްޓަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ

އެމްޑީޕީން މި އަހަރުގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމަށް މި މަހު 28ގައި ބާއްވާ އިންތިހާބުގައި ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވާ ރައީސް ސޯލިހު ޕްރައިމަރީގެ ކެމްޕެއިން ފެއްޓެވީ ވެސް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ މުޒާހަރާއެއްގެ ތެރޭގަ އެވެ. އެ ކެމްޕެއިންގައި އެ މަނިކުފާނު ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ޖަލްސާގައި މާލޭގައި އެމްޑީޕީ ހަރުގޭގައި ރައީސް ވާހަކަފުޅު ދައްކަވަމުން ގެންދެވި އިރު އެ ތަނުގެ އަނެއް ފަރާތަށް އެއްވެ އޮތް އިދިކޮޅު ޕާޓީން ރައީސާއި ސަރުކާރާ ދެކޮޅަށް އަޑުގަދަކުރަމުން ގެންދިޔަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.