ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ އޭދަފުއްޓާ މެދު ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށާއި ނަމަވެސް ބޭނުންވަނީ ސަރުކާރާ ގުޅިގެން އަދި ސަރުކާރަށް އެއްބާރުލުން ދީގެން މަސައްކަތް ކުރަން ކަމަށް އޭދަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ފާތިހު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނުކުންނަވާ ކެންޑިޑޭޓަކު ކަނޑައަޅަން މި މަހު ބާއްވާ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މެންދުރެއްހާއިރު އޭދަފުއްޓަށް ވަޑައިގެންނެވި ވަގުތާ ދިމާކޮށް ޕީޕީއެމްގެ ސަޕޯޓަރުން އިހުތިޖާދުކުރަމުންދިޔަ ވަގުތު އެ ސަރަހައްދުގައި ތިބި ނޫސްވެރިންނާއި ވާހަކަދައްކަވަމުން ފާތިހު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޭދަފުށްޓަށް އައި އެއްވެސް ކުރިއެރުމެއް ނެތް ކަމަށެވެ. އަދި މި ސަރުކާރުން މިރަށުގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ހިންގާފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ސޯލިހް އޭދަފުއްޓަށް ވަޑައިގަތުމާއި ދިމާކޮށް އިދިކޮޅު ފަރާތްތަކުން ބަނދަރުމައްޗަށް ނުކުމެ، އަޑުއުފުލީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދުން ދޫކޮށްލުމަށާއި އޭދަފުއްޓަށް ރައީސް ސޯލިހް ވެފައިވާ ވައުދުތައް ފުއްދަވައި ނުދެއްވާތީ އެކަމާއި ގުޅިގެންނެވެ.
ފާތިހު ވިދާޅުވީ މި ރަށުގެ ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ސަރުކާރާ ހިއްސާކޮށްފައި ވާނެ ކަމަށާއި، ގިނަ ކަންތައްތައް މިދިޔަ އަހަރު ފަހުކޮޅު ސީދާ ރައީސާ ބައްދަލުކޮށް ވެސް ހިއްސާކޮށްފައި ވާނެ ކަމަށެވެ.
“2018 ވަނަ އަހަރު ރައީސް މި ރަށަށް ވަޑައިގެން އާ ހޮސްޕިޓަލެއް އަޅަން ވަނީ އިއުލާނު ކުރައްވާފައިވާފައި،”އެކަމާ ގުޅިގެން ރައީސާ ފަހުން މަޝްވަރާކުރެއްވުމުން “އެއީ ތެދެއްތޯ އޭ؟” ރައީސް އޮފީހުގެ ބޭފުޅަކާ ސުވާލުކުރެއްވި،” ފާތިހު ވިދާޅުވި އެވެ.
“އެ ހިސާބަށް ދިޔައީމަ ކަމަކުނުދޭ، ދެއްތޯ؟” ފާތިހު ވިދާޅުވިއެވެ.
ފާތިހު ވިދާޅުވި ގޮތުގައި ސަރުކާރުން އޭދަފުށްޓާ މެދު ވަރަށް ބޮޑަށް އިހުމާލުވުމުގެ ސަބަބުން ރައްޔިތުން ތިބީ މި ސަރުކާރާ މެދު ވަރަށް ބޮޑަށް މާޔޫސްވެފައެވެ.
“ނަމަވެސް ބޭނުންވަނީ ސަރުކާރާ ގުޅިގެން އަދި ސަރުކާރަށް އެއްބާރުލުން ދީގެން މަސައްކަތް ކުރުމަށް،”