އާ ބަނދަރާއި ހައުސިން މަޝްރޫއު މިއަހަރު ފަށާނެ: ރައީސް

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް މިއަދު ބ. އޭދުފުއްޓަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ރަށުގެ އެމްޑީޕީ މެމްބަރުންނާ ވާހަކަ ދައްކަވަނީ.

އޭދަފުށީގައި އާ ބަނދަރަކާއި ރަށުގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށް ހައުސިން މަޝްރޫއެއްގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އޭދަފުއްޓަށް ވަޑައިގެން ސަޕޯޓަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިއަހަރު ތެރޭ އޭދަފުށީގައި އާ ބަނދަރެއް ހެދުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށާއި އަދި ހައުސިންގެ މަސައްކަތް ވެސް މިއަހަރުތެރޭ ފެށިގެންދާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބ. އޭދުފުއްޓަށް ވަޑައިގަތުމުން އެ ރަށުގައި ބޭއްވި ޖަލްސާގައި ސަޕޯޓަރުން ބައިވެރިވަނީ.

ރައީސް ވިދާޅުވި ގޮތުގައި މި އަހަރުގެ ބަޖެޓުގައި ހައުސިން ޔުނިޓް ހެދުމަށް ވަކި ރަށްތަކެއް ނުޖަހައި އޮންނާނެ އެވެ. އޭގެ ތެރެއިން އޭދަފުއްޓަށް ބޭނުންވާ ވަރު ބަޖެޓުގެ ތެރެއިން ހަމަޖައްސައި ހައުސިންގެ މަސައްކަތްތައް ވެސް ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ

މީގެ އިތުރުން ބ. އަތޮޅު ހޮސްޕިޓަލް އަޕްގުރޭޑް ކުރުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށާއި ރަށުގެ މަގުތައް ވެސް ވަރަށް އަވަހަށް ނިންމަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.