އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ތުޅާދޫ އެއާޕޯޓު ނިންމައި ހިދުމަތް ދިނުން: ރައީސް

ތުޅާދޫގެ މަތިން ނަގާފައިވާ ޑްރޯން ފޮޓޯ އެއް: އަދަދު ފޮޓޯ/އާއިމް ޒަމީރު

އަމާޒަކީ ބ. ތުޅާދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް ނިންމައި، މި އަހަރު ނިމެންވާ އިރަށް ޚިދުމަތްދިނުން ކަމަށް، ރ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގެ ކެމްޕެއިނަށް މިއަދު ބ. އޭދަފުއްޓަށް ވަޑައިގެން ރައީސް ވިދާޅުވީ، ކޮންމެ ރަށަކުން ފުރައިގެން 20-30 މިނެޓު ތެރޭގައި ދެވޭ ވަރަށް އެއާޕޯޓުތައް ތަރައްގީ ކުރަން ވި ވައުދު ފުރިހަމަ ކުރަން މިހާރު ވެސް ތިން އެއާޕޯޓެއްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ރައީސް ވިދާޅުވީ މިހާރުވެސް 3 އެއަރޕޯޓެއްގެ މަސައްކަތް ކުރަމުން އަންނަކަމަށާއި އެއީ މ. މުލީ އެއަރޕޯޓާއި، ފ. މަގޫދޫ އެއަރޕޯޓާއި، ގދ. ފަރެސްމާތޮޑާއި އެއަރޕޯޓްގެ މަސައްކަތެވެ.

އޭގެއިތުރަށް ހަތަރު އެއަރޕޯޓެއްގެ މަސައްކަތް ކުރުމަށް ތައްޔާރުވަމުން އަންނައިރު ބ އަތޮޅުގައި ތަރައްޤީކުރާ ދެވަނަ އެއަރޕޯޓްގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާއި ހަވާލުކުރައްވާނެކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.

“މި އަތޮޅުގައި އިތުރު އެއަރޕޯޓެއް އަޅަން އަޅުގަނޑުމެން ވަނީ ވައުދުވެފައި. ތުޅާދޫގައި އަޅުގަނޑުމެން އަޅަންވީ އެއަރޕޯޓްގެ އެ ވައުދު ފުރިހަމަކުރުމުގައި މިހާރު އޮތީ ކުޑަދުވަސްކޮޅެއް. އިރާދަކުރެއްވިއްޔާ ކުރިޔަށް މިއޮތް ދެތިން ހަފްތާގެ ތެރޭގައި އަޅުގަނޑުންމެން އެކަން ކުރުމަށް ބަޔަކާއި ހަވާލުކުރާނެކަމުގެ ޔަގީންކަން އަޅުގަނޑު މިއަދު އަރުވަން.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އަހަރުގެ މެދުތެރެއަށްދާއިރު ބިން ހިއްކާ އިމާރާތްތަކުގެ މަސައްކަތް ފެށުންކަމަށެވެ. އަދި އަހަރު ނިމުމުގެ ކުރިން އެއަރޕޯޓް ބޭނުންކުރެވޭވަރުކުރުމަކީވެސް ސަރުކާރުގެ އަމާޒެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.