ބ. އަތޮޅު ކައުންސިލުން މި އަހަރަށް 29.3 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި އެވެ.
މިއަދު ހެނދުނު ބޭއްވި ބ. އަތޮޅު ކައުންސިލުގެ ރަސްމީ ޖަލްސާގައި މި ބަޖެޓު ފާސްކުރީ ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.
މި ބަޖެޓުގައި މި އަހަރު ދައުލަތުންދޭ ބްލޮކް ގްރާންޓްގެ ގޮތުގައި ދިހަ މިލިއަން ހިމަނާފައިވާއިރު ތިންވަނަ ފަރާތުގެ ފައިސާގެ ގޮތުގައި 8 މިލިއަން ރުފިޔާ އަދި ކައުންސިލުގެ އާމްދަނީގެ ގޮތުގައި 11 މިލިއަން ރުފިޔާވަނީ ހިމަނާފަ އެވެ.
މީގެ އިތުރުން ދައުލަތުގެ ގްރާންޓުން ލިބިފައިވާ ފައިސާގެ 5 ޕަސެންޓަށްވާ 5 ލައްކަ ރުފިޔާ ރިޒާވްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.