މިދިޔަ އަހަރު ބޭއްވި އޯލެވެލް އިމްތިޙާނުގައި ބައިވެރިވި، ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މުހައްމަދު މަނޫން ފާއިޒަށް ކެމިސްޓްރީން ރާއްޖެއިން އެއްވަނަ ލިބިއްޖެ އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ މަނޫނަށް ކެމްބްރިޖްގެ ލާނާސް އެވޯޑް ކެމިސްޓްރީ މާއްދާއިން ލިބިފައިވާކަން އެ ސްކޫލަށް އަންގާފައިވާ ކަމަށެވެ. އެ ސްކޫލުން މިއަދު ވަނީ އެކަން ފާހަގަކޮށް މަނޫނަށް މަރުޙަބާ ކިޔާފައެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިހާރު އޭލެވެލް އަށް ކިޔަމުން އަންނަ މަނޫން ވަނީ މިދިޔަ އަހަރު އެ ސްކޫލުން އޯލެވެލް ހެދި ކުދިންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދައިފަ އެވެ. އޭނާ ވަނީ ހަތް މާއްދާއިން އޭ ސްޓާ އަދި އެއް މާއްދާއިން އޭ ފާސް ހޯދައި ގަދަ 10 ގެ ދެވަނައިގައި ހިމެނިފަ އެވެ.