ރޯޔަލް އިން ބ. އަތޮޅު ސްކޫލުތަކުގައި އިމެޖެންސީ ފަސްޓް ރެސްޕޮންސް ޓްރޭނިން ހިންގަނީ

ބ. އަތޮޅުގައި ހިންގަމުން އަންނަ ރޯޔަލް އައިލެންޑް ރިސޯޓުން މިއަތޮޅުގެ ސްކޫލުތަކަށް އަމާޒުކޮށްގެން އިމެޖެންސީ ފަސްޓް ރެސްޕޮންސް ޓްރޭނިން ހިންގަން ނިންމައިފި އެވެ.

ރޯޔަލް އައިލެންޑް ރިސޯޓުން ބުނީ، އެ ރިސޯޓްގެ ސީއެސްއާރު އިނީޝިއޭޓިވް ގެ ދަށުން ބ. އަތޮޅު ސްކޫލުތަކަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ އިމެޖެންސީ ފަސްޓް ރެސްޕޮންސް ޕްރަރިމަރީ އެންޑް ސެކަންޑަރީ ސެޓްފިކެޓް ޓްރޭނިން އަންނަ ހޮނިހިރު ދުވަހު ފަށާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ފުރަތަމަ ބުރުގައި ބ ދަރަވަންދޫ، ދޮންފަން އަދި ކިހާދޫ ސުކޫލުގެ ބައިވެރިން މި ކޯސް ފުރިހަމަކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

އިމަޖެންސީ ފަސްޓް ރެސްޕޮންސް ޕްރައިމަރީ އަދި ސެކަންޑަރީ ކެއާ ޓްރެއިނިން ގައި ފުރާނައަށް ނުރައްކާވާ ފަދަ ކުއްލި ޙާލަތެއް މެދުވެރިވެއްޖެހާލަތެއްގައި އަދި ކުއްލި ހާލަތްތަކުގައި ފަސްޓް އެއިޑް ދިނުމާއި، އެކި ކަހަލަ ޒަހަމްތަކާއި ކުއްލި ފަރުވާދިނުމާއި އަދި އެބައިތައް ޕްރެކްޓިސް ކުރުން ހިމެނެއެވެ.

ސެޓިފައިޑް އިމަޖެންސީ ފަސްޓް ރެސްޕޮންސް އިންސްޓްރަކްޓަރުން މިކޯހުގައި ކިޔަވަދޭއިރު، އަދި މި ކޯސް ފުރިހަމަކުރާފަރާތްކަށް ބައިނަލްއަގްވާމީ ފެންވަރުގައި ގަބޫލުކުރެވޭ އިމަޖެންސީ ފަސްޓް ރެސްޕޮންސް ޕްރައިމަރީ އަދި ސެކަންޑަރީ ކެއަރ ޓްރެއިނިންގް ސެޓްފިކެޓް ލިބޭނެކަމަށް ރޯޔަލް ރިސޯޓުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.