
“އޭދަފުށީ ފުޓްސަލް ކަޕް” ގެ ނަމުގައި އޭދަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ކްލަބް އޭދަފުއްޓާ ގުޅިގެން ފިތުރު އީދު ބަންދާ ގުޅުވައިގެން ފުޓްސަލް މުބާރާތެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
އޭދަފުށީ ކައުންސިލުން ބުނިގޮތުގައި ފިރިހެނުންނަށް ހާއްސަކޮށްގެން ބާއްވާ މި މުބާރާތަކީ ފިރިހެނުންގެ މެދުގައި ފުޓްސަލް ކުޅޭ މީހުން އިތުރުކޮށް، ފުޓްސަލްގެ ހުނަރު ކުރިއަރުވައި، ތަރައްގީކޮށް، އަދި ފުޓްސަލްގެ ފޯރި އާއި ޖޯޝް އިތުރުކޮށް ފުޓްސަލްގެ ހުނަރު ޓީމު ފެންވަރުގައި ދެއްކުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ ކޮމިޝަނަރ އޮފް ސްޕޯޓްސް ނުވަތަ ޔޫތު މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ އޭދަފުށީގެ ކްލަބް ޖަމިއްޔާތަކާއި ޓީމުތަކަށެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މާޗުމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިވުމުގެ ފީ އެއްގެ ގޮތުގައި 500ރ ދައްކަން ޖެހެ އެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާ ހުށަހަޅާފައިވާ އިރު ރަނައަޕް ޓީމަށް 10،000 ރުފިޔާ ހުށަހަޅާފައިވެ އެވެ.
މުބާރާތާ ގުޅޭ ގޮތުން ސާފު ކުރަން ޖެހޭ މައުލޫމާތު 7740374, 7598271. ނަންބަރު ފޯނާ ގުޅާލައިގެން ލިބޭނެ އިންތިޒާމް ކްލަބް އޭދަފުށިން ވަނީ ހަމަޖައްސާފަ އެވެ.