އުރީދޫ ބޮކިބޯޅަ މުބާރާތް ފަށައިފި

އުރީދޫ މޯލްޑިވްސް އިން ރޯދަ މަހަށް ހާއްސަކޮށްގެން ބާއްވާ އުރީދޫ “ބޮކި ބޯޅަ” މުބާރާތް ފަށައިފި އެވެ.

އުރީދޫ ބޮކި ބޯޅަ މުބާރާތަކީ ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާ ފުޓުބޯޅައަށް ތަފާތު އަދި މަޖާ ބަދަލުތަކެއް ގެނެސްގެން ކުޅޭ ބަމްޕަރ ފުޓްބޯޅަ އެވެ.

މުބާރާތުގެ ކޮންމެ މެޗެއް ވެސް 10 މިނެޓަށް ދެމިގެންދާއިރު، ތިން މިނެޓުގެ ބްރޭކަކާއެކު ދެ ހާފް ހިމެނޭނެ އެވެ. ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި މޮޅުވެއްޖެނަމަ ތިން ޕޮއިންޓް އަދި އެއްވަރުވުމުން އެއް ޕޮއިންޓް ލިބޭނެ އެވެ. ނޮކްއައުޓް ސްޓޭޖުގައި ދެ ޓީމެއް އެއްވަރުވެއްޖެ ނަމަ ޕެނަލްޓީ ޝޫޓްއައުޓް އޮންނާނެއެވެ. މުބާރާތުން މޮޅުވާ ޓީމްތަކަށް ހާއްސަ އަގުހުރި އިނާމުތަކެއް ވެސް ވަނީ އިންތިޒާމުކުރެވިފަ އެވެ.

މުބާރާތުން މޮޅުވާ ޓީމުތަކަށް ހާއްސަ އަގުހުރި އިނާމުތަކެއްވެސް ލިބޭނެ އެވެ. އެއްވަނަ އަށް ދާ ޓީމަކަށް 20،000 ރުފިޔާ ލިބޭއިރު ދެ ވަނަ އަށް ދާ ޓީމަށް 10،000 ރުފިޔާ އަދި ތިން ވަނަ އަށް ދާ ޓީމަށް އިނާމެއްގެ ގޮތުގައި 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މުބާރާތް އިންތިޒާމްކޮށްފާވަނީ އުރީދޫ ގެ ބްރޭންޑް އެމްބަސަޑަރ މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން ކްލަބާއި އެކުއެވެ. މި ފޯރިގަދަ މުބާރާތް ފައްޓަވައިދެއްވީ އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.