ބ. އަތޮޅު ކައުންސިލުން މި އަހަރަށް 31.9މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި އެވެ.
މި އަހަރުގެ ބ. އަތޮޅު ކައުންސިލުގެ ބަޖެޓާއި، ބަޖެޓާބެހޭ ގަރާރު ފާސްކުރުމަށް މިއަދު ހަވީރު ބޭއްވި ބ. އަތޮޅު ކައުންސިލުގެ ރަސްމީ ބައްދަލުވުމުގައި މި ބަޖެޓު ފާސްކުރީ އެ ބައްދަލުވުމުގައި ބައިވެރިވި ކައުންސިލަރުންގެ އިއްތިފާގުންނެވެ.މި ބަޖެޓުގައި މި އަހަރު ދައުލަތުންދޭ ބްލޮކް ގްރާންޓްގެ ގޮތުގައި ބާރަ މިލިއަން ހިމަނާފައިވާއިރު ތިންވަނަ ފަރާތުގެ ފައިސާގެ ގޮތުގައި 8 މިލިއަން ރުފިޔާ އަދި ކައުންސިލުގެ އާމްދަނީގެ ގޮތުގައި 11 މިލިއަން ރުފިޔާވަނީ ހިމަނާފަ އެވެ.
މީގެ އިތުރުން ދައުލަތުގެ ގްރާންޓުން ލިބިފައިވާ ފައިސާގެ 5 ޕަސެންޓަށްވާ 6 ލައްކަ ރުފިޔާ ރިޒާވްގެ ގޮތުގައި ބެހެއްޓުމަށް ވަނީ ކަނޑައަޅާފަ އެވެ.