ރޯދަ މަހު ކޮންމެ ގެއަކަށް 10 ކިލޯގެ ފުށާއި ހަނޑޫ ހަދިޔާ ކުރަނީ

އެސްޓީއޯގެ ބިދޭސީ މުވައްޒަފަކު، ފުށް ބަސްތާތަކެއް ޕިކަޕަކަށް އަރުވަނީ.

ރޯދަ މަހާ ދިމާކޮށް ކޮންމެ ގޭބީސީއަކަށް 10 ކިލޯ ހަނޑުލާއި، 10 ކިލޯ ފުށް ސަރުކާރުން ހިލޭ ބަހަން ނިންމައިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ދިވެހިންނަށް ބޭނުންވާ ހަނޑޫ، ހަކުރު އަދި ފުށް އެތެރެ ކުރުމުގައި އިންޑިއާ އަށް ބަރޯސާ ނުވެ، ތުރުކީން ވެސް ކާޑުގެ ބާވަތްތައް ގެނައުމަށް އެ ގައުމާ އެކު އެއްބަސްވެފައިވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އަންނަ އަހަރު އެ އަދަދު އެއަށް ވުރެ ވެސް އިތުރު ކުރައްވާނެ އެވެ.

މިހާރު ރާއްޖެއަށް ކާޑުގެ ބާވަތްތައް ގެންނަނީ އިންޑިއާއިންނެވެ. ރާއްޖެއާއި އިންޑިއާއާ ދެމެދުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ މިދަނޑިވަޅުގައި ރައީސް ވިދާޅުވީ, ހަޑުލާއި ހަކުރާއި ފުއް ހޯދުމަށް ތުރުކީއާ އެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ.

އެގޮތުން، ތުރުކީއާ އެކު މިހާރު އެއްބަސްވެ، ފުރަތަމަ ޝިޕްމަންޓަށް އޯޑަރު ދީފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

“އަދި ދަންނަވަންތޯ ލިބޭގޮތަށް ހަމައެކަނި ހަމަޖެއްސީއެއް ނޫން. މި ރޯދަ މަހު ފުރަތަމަ ފަހަރަށް ކޮންމެ ގޭބީސީއަކަށް ހިލޭ ދިވެހި ސަރުކާރުގެ ފަރާތުން 10 ކިލޯގެ ހަނޑޫ ބަސްތާއަކައި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާކުރާނަން،” އެ މަނިކުފާނު ވިދާޅުވިއެވެ.

“އަޅުގަނޑުމެން އަމިއްލަ ފައި މައްޗަށް ތެދުވާނީ އިރާދަކުރެއްވިއްޔާ އެއްވެސް ގައުމަކަށް ބަރޯސާވުން ނިމުމަކަށް ގެނެސް،” ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖެ އެތެރެކުރާ ބޭސް ވެސް ޔޫރަޕުންނާއި އެމެރިކާއިން އެތެރެކުރަން މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.