ދިރާސީ އަހަރާ އެކު ގައުމިއްޔަތު މާއްދާ ކިޔަވައިދޭން ފަށަނީ

ދިރާސީ އާ އަހަރުން ފެށިގެން ގައުމިއްޔަތު ވަކި މާއްދާއެއް ގޮތުގައި ކިޔަވައިދޭން ފަށަން ނިންމާފައިވާކަން ސަރުކާރުން މިއަދު ބުނެފި އެވެ.

ކެބިނެޓުގެ އިއްޔެގެ ބައްދަލުވުމުގެ ނިންމުންތައް ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، އަންނަ ދިރާސީ އާ އަހަރުން ފެށިގެން ގައުމިއްޔަތު ވަކި މާއްދާއެއް ގޮތުގައި ކިޔަވައިދޭން ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

ދިވެހި ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމުގެ ކަރުދާސް ސޯޝަލް ކައުންސިލަށް ހުށަހެޅީ އެޑިއުކޭޝަން މިނިސްޓްރީންނެވެ. ދިވެހި ގައުމިއްޔަތުގެ ރުކުންތަކާއި އަގުތަކަށް އިސްކަންދީ، ގައުމިއްޔަތަށް ލޯބިކުރާ އަދި ގައުމިއްޔަތުގެ ބަހާތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމަށްޓަކައި ދިވެހި ޤައުމިއްުޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ސަރުކާރުން ނިންމީކަމަށް ނާޒިމް ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރާނީ ރައީސް އޮފީހާއި މަޝްވަރާކުރުމަށްފަހުގައި ކަމަށް ނާޒިމް ވިދާޅުވިއެވެ.

“ދިރާސީ އައު އަހަރު ދިވެހި ގައުމިއްޔަތު މާއްދާ ފަށައި، ސްކޫލުތަކުގައި ކިޔަވައިދިނުމަށް ޓައިމްލައިނާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ވާނީ އަންގާފަ.” ނާޒިމް ވިދާޅުވިއެވެ.

ދިރާސީ އާ އަހަރަށް މި ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލާއެކު މިހާރު މި ހިނގާ 2023 ގެ ދިސާރީ އަހަރު ނިމޭނީ އަންނަ އޭޕްރީލް މަހު އެވެ. މި އަހަރު، 2024 ގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ މޭ 26ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.