އަހްމަދު އަލީގެ ހަނދާނުގައި ތައުބީނުގެ ޖަލްސާއެއް މިރޭ ބާއްވަނީ

އަހްމަދު އަލީ


ތައުލީމީ ދާއިރާގެ ހިދުމަތްތެރިޔާ އަހުމަދު އަލީގެ ހަނދާނުގައި މިރޭ ތައުބީނުގެ ޖަލްސާއެއް ބާއްވަން، ބ. އަތޮޅު ތައުލީމީ މަރުކަޒުން ނިންމައިފި އެވެ.

އަހުމަދު އަލީ ނިޔާވީ، މާލެ ވަޑައިގެން އުޅުއްވަނިކޮށް، މަޖީދީ މަގު ހުދުމާ ކައިރިން ހިނގާފައި ދަނިކޮށް ހާޓްއެޓޭކެއް ޖެހި ވެއްޓިގެން މިދިޔަ ޑިސެމްބަރުމަހުގެ 30 ވަނަ ދުވަހު އެވެ.

އަހްމަދު އަލީގެ ހަނދާނުގައި ބާއްވާ ތައުބީންގެ ޖަލްސާ އޮންނާނީ މިރޭ 8:45 ގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގަ އެވެ.

ތައުލީމީ ވަރުގަދަ ބްރޭންޑަކަށް އޭދަފުށީ ހެއްދެވުމަށް އެންމެ ބުރަ މަސައްކަތް ކުރެއްވި އަހުމަދު އަލީ ވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރުކަމުން ފެށިގެން ޑެޕިއުޓީ ޕްރިންސިޕަލްކަން ވެސް ކުރައްވައިފަ އެވެ. އޭގެ އިތުރުން މި އަތޮޅު ދަރަވަންދޫ އަދި ގދ. ގައްދޫ ސްކޫލުގައި ވެސް މަސައްކަތްކުރެއްވި އެވެ.

ވަޒީފާއިން މުސްކުޅި ކުރާ އުމުރު، 65 އަހަރު ވުމުން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވަޒީފާއިން ރިޓަޔާކުރެއްވިއިރު އަހަމްދު އަލީ ހުންނެވީ ސްކޫލުގެ އެޑްމިނިސްޓްރޭޓަރުގެ މަގާމްގަ އެވެ. އޭރު ތައުލީމީ ދާއިރާއަށް ވަނީ 43 އަހަރު ހިދުމަތްކުރައްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.