ކުއްލިއްޔާ އޮފް އަރަބިކް ލެންގުއޭޖްގެ ޑީން އަކަށް ފައްޔާޟު އަލީ

–ކުއްލިއްޔާ އޮފް އެރަބިކް ލެންގްއޭޖްގެ ޑީންއަކަށް އައްޔަންކުރެއްވި އައްޝައިޚް ފައްޔާޟު ޢަލީ މަނިކަށް ލިޔުން ހަވާލުކުރައްވަނީ

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ އެކި ފެކަލްޓީތަކަށް މިއަދު ޑީނުން އައްޔަންކޮށްފި އެވެ.

އެ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި، ހަތް ފެކަލްޓީއެއް ހިންގާނެ އެންމެ އިސްވެރިން އައްޔަން ކޮށްފައި ވެ އެވެ. އެއީ، ކުއްލިއްޔާ އޮފް އަރަބިކް ލެންގުއޭޖް، ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް، ކުއްލިއްޔާ އޮފް ޝަރީއާ އެންޑް ލޯ، ސެންޓާ ފޯ ޕޯސްޓްގްރެޖުއޭޓް ސްޓަޑީޒް، ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް ސްޓަޑީޒް، ސެންޓާ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަން އަދި ކުއްލިއްޔާ އޮފް އެޑިއުކޭޝަނެވެ.

މަގާމުތަކަށް އައްޔަން ކުރެއްވި ޑީނުން:

  • ކުއްލިއްޔާ އޮފް އެރަބިކް ލެންގްވޭޖްގެ ޑީން: ފައްޔާޟު ޢަލީ މަނިކު
  • ސެންޓަ ފޯ ޕޯސްޓްގްރެޖުއޭޓް ސްޓަޑީޒްގެ ޑީން: ޑރ. ފާތިމަތު މުނާ
  • ސެންޓަ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންގެ ޑީން: ޑރ. އާމިނަތު ޝާފިޔާ އާދަމް
  • ކުއްލިއްޔާ އޮފް އެޑިޔުކޭޝަންގެ ޑީން: ޑރ. ޢާއިޝަތު ޝީނާ
  • ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސްގެ ޑީން: ނިމާލު މުޙައްމަދު
  • ކުއްލިއްޔާ އޮފް ޝަރީއާ އެންޑް ލޯގެ ޑީން: ޢަލީ ނިޝާމް
  • ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް ސްޓަޑީޒްގެ ޑީން: ޢަބްދުއްޞަމަދު މުޙައްމަދު

ޑީނުންނަށް އައްޔަން ކުރި ބޭފުޅުންނަކީ އާންމުކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ މެދުގައި އިންޓަވިއު ކުރުމަށްފަހު ޔުނިވާސިޓީގެ މަޖިލީހުން ހަތަރު އަހަރުގެ މުއްދަތަށް އައްޔަން ކުރި ބޭފުޅުން ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.