ބީއެމްއެލްގެ އިންޓާންޝިޕް ޕްރޮގްރާމަށް ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސްއިން މި އަހަރުގެ އިންޓާންޝިޕް ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގައި ތައުލީމު ހާސިލްކުރަމުން އަންނަ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް ކުރިއަށް ގެންދާ 12 މަސްދުވަހުގެ ޕްރޮގުރާމެކެވެ. މި އިންޓާންޝިޕުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ލިބޭނެ އެވެ.

ބީއެމްއެލްއިން މި އަހަރު ދެ ދާއިރާއަކުން އިންޓާންޝިޕް ދެ އެވެ.

ބީއެމްއެލްއިން އިންޓާންޝިޕް ފުރުސަތުތައް ދޭ ދާއިރާތަކަކީ:

  • ގްރެޖުއޭޓް އިންޓާންޝިޕް: މިއީ 15 ބައިވެރިންނަށް ފުރުސަތު ދޭ އިންޓާންޝިޕެކެވެ. މި އިންޓާންޝިޕުގައި ބޭންކުގެ އެކި ޑިވިޝަންތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
  • ޓެކް ސްޓާޓް އިންޓާންޝިޕް: މިއީ 10 ބައިވެރިންނަށް ފުރުސަތު ދޭ އިންޓާންޝިޕެކެވެ. މި އިންޓާންޝިޕުގައި ބޭންކުގެ ޓެކްނޮލޮޖީ ޑިވިޝަންގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް އިންޓާންޝިޕް މުއްދަތުގައި ދެވޭ ތަޖުރިބާ އާއި ހުނަރު އިތުރުކުރުމަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. މި އަހަރުގެ ގްރެޖުއޭޓް އިންޓާންސްއަށް ކޮންމެ މަހަކު ލިބޭ އެލަވަންސް 9،000ރ. އަށް ބޮޑުކޮށްފައި ވާއިރު، ޓެކް ސްޓާޓް އިންޓާންސްއަށް މަހަކު 11،000ރ. ގެ އެލަވަންސެއް ލިބޭނެ އެވެ.

ބީއެމްއެލްއިން 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް 77 އިންޓާންސްއަށް ތަޖުރިބާ ހޯދުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ. އޭގެ ތެރެއިން ބައެއް އިންޓާންސްއަށް ބޭންކުން ދާއިމީ ވަޒީފާގެ ފުރުސަތު ދީފައިވާ ކަމަށް ބެންކުން ބުންޏެވެ.

މި އިންޓާންޝިޕާ ގުޅޭ އިތުރު މައުލޫމާތު ބެންކުގެ ވެބްސައިޓުން ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.