އެސްޑީއެފްސީގެ ބޯޑަށް ކަލާމް އައްޔަންކޮށްފި

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ބޯޑަށް ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އިސްލާމިކް ބޭންކިން އޮފިސަރު ހަސަން ކަލާމް މިއަދު އައްޔަންކޮށްފި އެވެ. ކަލާމް އެސްޑީއެފްސީގެ ބޯޑަށް އައްޔަންކޮށްފައިވަނީ ނަން އެގްޒެކެޓިވް ޑިރެކްޓަރެއްގެ ގޮތުގައެވެ.

ފައިނޭންޝަލް ސާވިސަސް އަދި ބޭންކިން ދާއިރާގައި 13 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ކަލާމަކީ ބީއެމްއެލްގެ އިސްލާމިކް ބޭންކިން ޚިދުމަތްތައް ކުރިއެރުވުމަށް މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ ލައިސަންސްޑް ޝަރީއާ އެޑްވައިޒަރެއްވެސް މެއެވެ.

ކަލާމް ވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް އިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައެވެ. މީގެއިތުރުން އޭނާއަކީ ޗާޓަޑް އިންސްޓިޓިއުޓް އޮފް އިސްލާމިކް ފައިނޭންސް ޕްރޮފެޝަނަލްސްގެ ސީނިއަރ އެސޯސިއޭޓް މެންބަރެކެވެ.

މި އައްޔަންކުރުމާއެކު މިހާރު އެސްޑީއެފްސީގެ ބޯޑުގައި ތިއްބެވި މެންބަރުންގެ ތެރޭގައި މުހައްމަދު ޝަރީފް، ބަދުރުއްދީން ހަސަން، ފާތިމަތު ފާރިހަތު ވަހީދު، ހަސަން ކަލާމް، ފާތިމަތު

މި ބަދަލާއެކު މިހާރު އެސްޑީއެފްސީގެ ބޯޑުގައި ތިއްބަވަނީ

  • މުހައްމަދު ޝަރީފް، މ. އިފާއު
  •  ބަދުރުއްދީން ހަސަން، ހިކިފިނިފެންމާގެ، ހދ. ކުޅުދުއްފުށި
  • ފާތިމަތު ފާރިހަތު ވަހީދު، ގ. މާވެހި
  • ހަސަން ކަލާމް، ގ. ގުޑް ލައިފް
  • ފާތިމަތު އަޒްމާ، ނާސަރީ، މިސްކިތްމަގު، ޏ. ފުވައްމުލައް
  •  އަހްސަލް މުހައްމަދު، ބަޝީމާގެ، ހއ. ހޯރަފުށި
  • ފާތިމަތު ޔަމްނާ، އަލިމަސްވިލާ، ސ. މީދޫ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.