
އުރީދޫ މޯލްޑިވްސްއިން ބާއްވާ އެންމެ ފޯރިގަދަ މަޖާ ދުވުން ކަމަށްވާ ފަން ރަން އަންނަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ބާއްވަން ނިންމައި އިއުލާނުކޮށްފި އެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ވެސް ބާއްވަމުންދާ މި ދުވުން ޑިސެމްބަރު މަހު 19 ގައި މާލެ ސަރަހައްދުގައި އޮންނާނީ ހުޅުމާލޭގަ އެވެ.
މި ދުވުމަކީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ބައިވެރިވެވޭނެ ދުވުމެކެވެ. މި ދުވުމުގެ މަގުސަދަކީ އާއިލާތަކަށް އެކުގައި ވަގުތު ހޭދަކޮށްލާނެ މަޖާ މާހައުލެއް ހޯދައިދީ، ހަރަކާތްތެރިވެ އުޅުމަށް ހިތްވަރުދިނުމެވެ. މި ދުވުމުގައި އެކި އޮބްސްޓިކަލްތައް ހުރަސްކޮށް، ފޯމް ޕާޓީ ފަދަ އެކި މަޖާ ހަރަކާތްތައް ކުރިއަށް ދާނެ އެވެ.
މި އަހަރުގެ ފަންރަންގެ ހުޅުމާލެ އެޑިޝަނަށް ރަޖިސްޓްރީވާން ހުޅުވާލާނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.
އުރީދޫގެ ފަންރަން އަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ދުވުމެކެވެ. މި ދުވުމަށް ކޮންމެ އަހަރަކު ވެސް ހޫނު ތަރުހީބެއް ލިބެ އެވެ. މި ދުވުން އަތޮޅު ތެރޭގައި ވެސް މިހާރު އަންނަނީ ބާއްވަމުންނެވެ.