ބީއެމްއެލް އަށް މިދިޔަ އަހަރުު އެއް ބިލިއަން ރުފިޔާގެ ފައިދާއެއް!

l_149268422821IUTL

މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފައިދާ 61 ޕަސަންޓު އިތުރުވެއްޖެ ކަމަށް ދައްކައިފި އެވެ. ބޭންކް އޮފް މޯލްޑިވްސްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު މިއަދު ނެރެފައިވާ އިރު، ބޭންކުން ބުނަނީ މިދިޔަ އަހަރަކީ އެ ކުންފުންޏަށް ހުރިހާ ގޮތަކުން ވެސް އެންމެ ރަނގަޅު އަހަރު ކަމަށެވެ.

ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 1.02 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ 2015 ވަނަ އަހަރުގެ ފައިދާއާ އަޅާ ބަލާއިރު 61 ޕަސަންޓުގެ ކުރިއެރުމެކެވެ.

ބީއެމްއެލުން ވަނީ ހިއްސާދާރުންނަށް ރިކޯޑު އަދަދެއްގެ ހިއްސާ ބެހުމަށް ވެސް ނިންމައިފަ އެވެ. އެގޮތުން، ހިއްސާގެ ފައިދާގެ ގޮތުގައި 108 މިލިޔަން ރުފިޔާ، ނުވަތަ ހިއްސާއަކަށް 20 ރުފިޔާގެ ޑިވިޑެންޑެއް ބެހުމަށް ބޭންކުން ނިންމާފައިވެ އެވެ.

ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ބޮޑު ފައިދާއެއް ހޯދުމާ އެކު، ބޭންކުން ގެންދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންވެސްޓްކޮށް، ވިޔަފާރިތަކާއި ރައްޔިތުންނަށް އެހީތެރިވަމުން ކަމަށެވެ.

“އަޅުގަނޑުމެން ނިންމާފައި ވާނީ މިއަހަރު އަޅުގަނޑުމެންގެ އިންވެސްޓްމެންޓް ދެގުނަކޮށް، 150 އިތުރު ވަޒީފާގެ ފުރުސަތު އެފައްދަން. ރާއްޖޭގެ 22 ރަށަކަށް ޚިދުމަތް ލިބޭނެ ބޭންކުގެ ބްރާންޗުތަކާއި ބިޒްނަސް ސެންޓަރުތަކާއި ސެލްފް ސާވިސް ބޭންކިންގް ސެންޓަރުތައް ގާއިމުކުރެވިގެން ދާނެ،” އެންޑްރޫ ވިދާޅުވި އެވެ.

މީގެ އިތުރުން މިއަހަރު ތެރޭގައި ބޭންކުގެ ތަފާތު 10 ސީއެސްއާރު މަޝްރޫއު ކުރިޔަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޗެއާޕާސަން ފަރީހާ ޝަރީފް ވިދާޅުވީ މިދިޔަ އަހަރަކީ މިހާތަނަށް ބޭންކަށް އެންމެ ކާމިޔާބު އަހަރު ކަމަށާއި، މި ކާމިޔާބީ ދެމެހެއްޓުމުގެ މަސައްކަތް ބޭންކުން ކުރިޔަށް އޮތް ތަނުގައި ވެސް ކުރަމުން ގެންދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.