ހިއްސާއަކަށް 8.45 ރުފިޔާ ބަހަން ދިރާގުން ފާސްކޮށްފި

ދިރާގުގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންނާއި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުން މިރޭ ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ނިޝާން އަލީ /މިހާރު
ދިރާގުގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންނާއި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުން މިރޭ ބައިވެރިވެވަޑައިގަންނަވަނީ.— ފޮޓޯ: ނިޝާން އަލީ /މިހާރު

ދިރާގުގެ މިދިޔަ އަހަރުގެ ސާފު ފައިދާ އިން ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 8.45 ރުފިޔާ ބަހަން އެ ކުންފުނީ އަހަރީ އާއްމު ޖަލްސާގައި ރޭ ފާސްކޮށްފި އެވެ.

ރޭ އާޓް ގެލަރީގައި ބޭއްވި މި ޖަލްސާގައި އެގޮޮތަށް ފާސްކުރީ 25 ވޯޓުންނެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން ބަހަން ނިންމާފައިވަނީ މިދިޔަ އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި 642 މިލިއަން ރުފިޔާ އެވެ.

އެ އާއި އެކު ޖުމްލަ ޖުމްލަ ޑިވިޑެންޑްގެ ގޮތުގައި 1.09 ބިލިއަން ރުފިޔާ ހިއްސާދާރުންނަށް ލިބިގެންދާނެ އެވެ. އެގޮތަށް ނިންމީ އޭގެ ކުރީ އަހަރުގެ ތަކުގެ ރިޒާވްގެ ބައެއް ހިމަނައިގެން ކަމަށް ދިރާގުން ބުނެ އެވެ.

މިދިޔަ އަހަރު އެ ކުންފުނިން ހިއްސާއަށް 5.92 ރުފިޔާ ބެހި އެވެ.

ދިރާގަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 840 މިލިއަން ރުފިޔާ ލިބުނުއިރު، ޖުމްލަ އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރަށްވުރެ 226 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.