ބީއެމްއެލްއަށް 260 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް

ބޭންކް އޮފް މޯލްޑިވްސް ހެޑްއޮފީސް. ފޮޓޯ/ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް ހެޑްއޮފީސް. ފޮޓޯ/ބީއެމްއެލް

މި އަހަރުގެ ފުރަތަމަ ކުއާޓަރު (ފުރަތަމަ ތިން މަހު) ގައުމީ ބޭންކް، ބީއެމްއެލް އަށް ލިބުނު ސާފު ފައިދާ 23 ޕަސެންޓް އުފުލިއްޖެ އެވެ.

ރާއްޖޭގެ ގައުމީ ބޭންކު، ބީއެމްއެލްގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން، ފުރަތަމަ ކުއާޓަގައި ސާފު ފައިދާގެ ގޮތުގައި ބޭންކަށް ވަނީ 260 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 23 ޕަސެންޓުގެ ކުރިއެރުމެކެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މި މުއްދަތުގައި ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ރަނގަޅު ފައިދާތަކެއް ހޯދާފައިވާއިރު ލޯނު ދޫކުރެވުނު ނިސްބަތްވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފަ އެވެ. އަދި ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ ވަރަށް ވުރެ ރަނގަޅު މިންވަރެއްގައި ހިފަހެއްޓިފައިވާ ކަމަށް އެ ބޭންކުން ބުނެ އެވެ.

މި ކުއާޓަރުގެ ފައިދާ މަތިވިއިރު، ބޭންކުން ވަނީ މުހިންމު އިންވެސްޓްމަންޓްތަކެއްވެސް ކޮށްފަ އެވެ. މި ކުއާޓަރުގައި ބޭންކުގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ތިން ބްރާންޗާއި ހަތް ސެލްފް ސާވިސް ބޭންކިން ސެންޓަރު އަލަށް ހުޅުވާފައިވެ އެވެ އަދި ތަފާތު އަށް ޖަމިއްޔާ އަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީ އަދި މުޖުތަމައަށް ފައިދާހުރި ހަރަކާތްތައްވަނީ ހިންގާފަ އެވެ. ބޭންކުން މި އަހަރު ކުރިއަށްގެންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން 22 ރަށަކަށް އޭގެ ފައިދާ ލިބި މިމަރުހަލާގެ ތެރޭގައި 150 އާ ވަޒީފާ އުފެދިގެން ދާނެ އެވެ.

މި ކާމިޔާބާ މެދު ވާހަކަފުޅު ދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ މި ކާމިޔާބީ ފެނުނީތީ އުފަލުން ތިބި ކަމަށެވެ.

“ކާމިޔާބުކަމާއެކު މިއަހަރު ފެށުނީތީވެ އަޅުގަނޑުމެން މިތިބީ ވަރަށް ހިތްހަމަޖެހިފަ. މިއީ ގިނަ މަސައްކަތްތަކެއް ކުރެވުނު ކުއާޓަރއެއް އަދި އަޅުގަނޑުމެންގެ މުވަައްޒަފުން ދަނީ ފާހަގަކޮށްލެވޭ ފަދަ ހީވާގި މަސައްކަތްތައްކުރަމުން،” އެންޑްރޫ ވިދާޅުވި އެވެ.

“ހާއްސަކޮށް، އަޅުގަނޑުމެން ހިދުމަތްދޭ މުޖުތަމައުތަކާ އޮތްގާތްކަން އިތުރުކޮށް މުޖުތަމައުގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި މަސައްކަތްތަކެއް ކުރުމަށް ފެބްރުއަރީ މަހުގެ 28 ދުވަހު ހިންގުނު ‘އަހަރެންގެ ބޭންކް’ ގެ 28 ހަރަކާތް ފާހަގަކޮށްލެވޭ. މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައިވެސް މި ބާރު މިނުގައި މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް އަޅުގަނޑުމެން ޚާއްސަ ސަމާލުކަމެއް ދޭނަން.”

ބޭންކުގެ ވިއުގަ މުޅިރާއްޖެއަށް ފުޅާ ކުރަމުންދާއިރު، ރާއްޖޭގެ 20 އަތޮޅުގައި 34 ބްރާންޗް، 85 އޭޓީއެމް، 4000 ޕީއޯއެސް މާޗަންޓުން، 200 ކޭޝް އޭޖެންޓުން، 27 ސެލްފް ސާވިސް ބޭންކިން ސެންޓަރު އަދި 5 ދޯނި ބޭންކިން ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.