ޝެއިހް ސަމީރުގެ ދަރުސެއް މާދަމާ އޭދަފުށިގައި

އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް

ރާއްޖޭގެ އެންމެ މަގުބޫލު އެއް ދީނީ އިލުމުވެރިޔާ އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމްގެ ވަރަށް ޚާއްސަ ދަރުސެއް މާދަމާ އޭދަފުށީގައި ބޭއްވުމަށް އިންތިޒާމް ކޮށްފި އެވެ.

އޭދަފުށީގެ ބައެއް ޒުވާނުން އިސްނަގައިގެން ބާއްވާ މި ދަރުސް އޮންނާނީ އޭދަފުށީ މިސްކިތްތަކުގަ އެވެ.

އެގޮތުން މާދަމާ މެންދުރު ނަމާދަށްފަހު މަސްޖިދު ޔޫސުފްގައި އަދި އަސުރު ނަމާދަށްފަހު، ދަރުސް އޮންނާނީ މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީން (ބޮޑު މިސްކިތް) ގަ އެވެ.

“ފަހު ދިހައިގެ މާތްކަން ލިބުމަށް އެދޭނަމަ…” މި މައުލޫއަށް ޝެއިޚް އަހްމަދު ސަމީރު ދެއްވާ ދަރުސް އަޑުއެހުމަށް ވީހާވެސް ގިނަފަރާތްތަކުން ހާޒިރުވުމަކީދަރުސް އިންތިޒާމްކުރާ ޒުވާނުންގެ ވަރަށް ބޮޑު އެދުމެކެވެ.

ގުޅުންހުރި ލިޔުންތައް