އޭދަފުށީގައި ގާރީ އަދި އިމާމުކަމުގެ ކޯސްތަކެއް ފަށަނީ

އޭދަފުށީގަިއ މިދަޔަ އަހަރު ހިންގި ގާރީ ކޯހުގެ ތެރެއިން. ގާރީ އަދި އިމާމު ކޯހެއް އަނެއްކާވެސް އޭދަފުށީގައި ފެށުމަށް އަންނަނީ ތައްޔާރުވަމުން– އީޓީ ފައިލް ފޮޓޯ

އިންސްޓިޓިއުޓް އޮފް ހޮލީ ޤުރުއާނުން ބ. އޭދަފުށީގައި ގާރީ އަދި އިމާމުކަމުގެ ކޯސްތަކެއް ފަށަން ތައްޔާރު ވެއްޖެ އެވެ.

އެ އިންސްޓިޓިއުޓުން ކޮށްފައިވާ އިއުލާނެއްގައި ވަނީ މިމަހު ފަހުކޮޅު އޭދަފުށީގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 16 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ. މި ކޯސްތައް ކުރިއަށް ގެންދާނީ ބްލޮކް މޯޑަށެވެ

އިންސްޓިޓިއުޓް އޮފް ހޮލީ ޤުރުއާނުން އޭދަފުށީގައި ހިންގުމަށް ހަމަޖެހިފައިވަނީ ގާރީ ކޯސް ސެޓްފިކެޓް ލެވެލް 1، 2 އަދި 3 ގެ އިތުރުން އިމާމު ކަމުގެ ސެޓްފިކެޓް ލެވެލް 3ގެ ކޯހެކެވެ. މި ކޯސްތަކުގައި ބައިވެރިވުމަށްއެދޭ ފަރާތްތަކުން 9631111 ނަންބަރު ފޯނައި ގުޅައި ނަންނޯޓަ ކުރުމަށް އެ އިންސްޓިޓިއުޓުން އެދެއެވެ.

އިންސްޓިޓިއުޓް އޮފް ހޮލީ ގުރުއާނުން ގާރީ އަދި އިމާމުކަމުގެ ކޯސްތަކެއް އޭދަފުށިގައި ފަށަން ތައްޔާރުވަމުން އަންނައިރު ގުރުއާނާބެހޭ މަރުކަޒުގެ އޭދަފުށީ ގޮފީގައިވެސް ގާރީ ކޯސްތަކެއް ފަށަން އަންނަނީ ތައްޔާރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.