އޭދަފުށި ދެކެ ޖެހިލުމެއް ނުވޭ، ނިކުންނާނީ ތާރީޚީ މޮޅެއް ހޯދަން: މިލަންދޫ ޓީމް

މިލަންދޫ އާއި މާޅޮސް ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ކުޅުދުއްފުށި އޮންލައިން

މިނިވަން ޗެމްޕިއަންޝިޕްގައި މިއަދު އޭދަފުށްޓާއި ވާދަކުރާއިރު އެއްވެސް ވަރަކަށް ޖެހިލުން ނުވާކަމަށާއި، ބަލިކުރެވޭނެ ކަމުގެ އުއްމީދު އެބައޮތްކަމަށް ށ. މިލަންދޫ ޓީމުން ބުނެފިއެވެ.

މެޗުގެ ކުރިން “އީޓީ” އާ ވާހަކަދައްކަމުން މިލަންދޫ ޓީމުގެ އެސިސްޓެންޓް ކޯޗު އިބްރާހީމް ނިހާދު ވިދާޅުވީ ޗެމްޕިއަނުންނަށް ވުމުން އޭދަފުށި ބަލިކުރަން އިތުރު ހިތްވަރެއް ލާނެކަމަށެވެ.

“ކުޅެން މިޖެހެނީ ޗެމްޕިއަނުންނާ. އެކަމު ޖެހިލުމެއް ނުވޭ އެއްވެސް ވަރަކަށް. އޭދަފުއްޓަށް ފުރިހަމަ އިހްތިރާމް ކުރާނަން. މިއީ ފުޓްބޯޅައިގެ ތާރީޚުގައި މިލަންދޫ ކުޅޭނެ އެންމެ ވަރުގަދަ މެޗު. ފުރަތަމަ މެޗު އެހެންވިޔަސް މިމެޗުގަ މިލަންދޫ ޓީމުން ވަރަށް ވިސްނާނަން ހުރިހާ ކަމަކަށްވެސް”

މިއަދުގެ މެޗަށް ނިކުންނައިރު ދެތިން ކުޅުންތެރިއަކު ފިޔަވާ ހުރިހާ ކުޅުންތެރިންވެސް ތިބީ ތައްޔާރަށް ކަމަށް މިލަންދޫ ޓީމުން ބުނެއެވެ. މިލަންދޫ ޓީމަށް އޭދަފުށީ ޓީމުގެ ކުޅުން އެނގޭކަމަށާއި، ވަކިވަކި ކުޅުންތެރިންގެ ފެންވަރުވެސް އެނގޭކަމަށް ނިހާދު ވިދާޅުވިއެވެ.

މޮޅުވުން މުހިއްމު މިމެޗަށް އޭދަފުށީ ޓީމުގައި އަނިޔާގެ މާބޮޑު މައްސަލައެއް ނޫޅޭކަމަށް ޓީމުން ބުނެއެވެ. އަދި މިދިޔަ މެޗުގައި ނުފެންނަ ބައެއް ކުޅުންތެރިންވެސް މިހާރު އޭދަފުށީ ޓީމާއި ވަނީ ގުޅިފައެވެ. މިއަދުގެ މެޗަށް ނިކުންނައިރު ފުރަތަމަ މެޗުގައި ކުޅުދުއްފުށްޓާއި ވާދަކޮށް އޭދަފުށި ވަނީ އެއްވަރުވެފައެވެ. އަދި މިލަންދޫ ވަނީ ފުރަތަމަ މެޗުގައި އއ. މާޅޮސް އަތުން 2-0 އިން ބަލިވެފައެވެ. އެހެންކަމުން މިއަދުގެ މެޗު ވެގެންދާނީ ދެޓީމަށްވެސް މޮޅުވާން މަޖުބޫރު މެޗަކަށެވެ. އަދި މިމެޗުން ބަލިވެއްޖެ ނަމަ މިލަންދޫ މުބާރާތުން ކަޓާނެއެވެ.

މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 3:50 ގައި ކުޅުދުއްފުށީ ފުޓްބޯޅަ ދަނޑުގައެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އަޙްމަދު

    މިނޫހަށް ކިޔަންވީ ފުޓްބޯޅަ ނޫސް. އެހެން އެއްވެސް ހަބަރެއް ނެތް ރަށުގެ ތަރައްޤީގެ އެއްވެސް ކުލަވަރެއް މި ނޫހަކުން ނޭގޭ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.