މަގުތަކުގައި ބަހައްޓާފައި ހުރި ތަކެތި ނަގަން މުހުލަތެއް ދީފި

އޭދަފުށީ މަގަކުން ބަޔަކު ހިނގާފައިދަނީ. މަގުތަކުގައި ބަހައްޓފައިހުރި ތަކެތި ނަގަން އަނެއްކާވެސް ވަނީ މުހުލަތެއްދީފައި

ބ. އޭދަފުށީގެ މަގުތަކާއި ވަށައިގެންވާ ސަރަހައްދުތަކުގައި އެކި ފަރާތްތަކުން އިންދާފައިވާ ގަސްތަކާއި ބަހައްޓާފައިވާ ތަކެތި ނެގުމަށް އެއްމަސްދުވަހުގެ މުހުލަތެއްދީފި އެވެ.

އެ ކައުންސިލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިފަދަ ތަކެއްޗާއި އިންދާފައިވާ ގަސްތައް ނެގުމުގެ މަސައްކަތް ތަކުރާރުކޮށް އެ ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ.

އަދި މިއާ ޚިލާފަށް ގިނަ ފަރާތްތަކުން މަގުތަކާއި ރަށުގެ ވަށައިގެންވާ އެކި ސަރައްދުތަކުގައި ތަކެތި ބެހެއްޓުމާއި، ގަސް އިންދުންފަދަ ކަންތައްތައް ކުރަމުން ގެންދިއުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

“މިއަދުން (ޖޫން 10) ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި އެތަކެތި ނެގުމަށް ތަކެތި ބަހައްޓާފައިވާ ފަރާތްތަކަށް އަންގަމެވެ،” ކައުންސިލުގެ އިއުލާނުގައި ވެ އެވެ.

އޭދަފުށީ ކައުންސިލުން ބުނިގޮތުގައި މިކަން މިގޮތަށް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރަށުގެ މަގުތަކާއި ވަށައިގެންވާ ސަރަހައްދު ތަކަކީ ސާފުތާހިރު ތަނަކަށް ހެދެމުވެ.ެ

އޭދަފުށީގެ މަގުތަކުގައި މިގޮތަށް ބަހައްޓާފައިވާ ތަކެތި ނެގުމަށް ފަހަކަށް އައިސް ކޮންމެ އަހަރަކުވެސް ކައުންސިލުން ތަކުރާރުކޮށް މަސައްކަތް ކުރެއެވެ. ނަމަވެސް މިއީ މިހާތަނަށް އެ ކައުންސިލަށް ހައްލުނުކުރެވުނު ބޮޑު މައްސަލަ އެކެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. މޯޑު

    މިކަން ކުރުމުގެ ކުރިން ގަދަ ކަނޑެއްފަދަ މަގުތަކުގައިވާ އަޑިގުޑަން ތަކާއި ސިމެންތި އޮލަގަނޑެއްފަދަ ޗަކަ މަގުތަކުން ޗަކަ ފިލުވައިދެއްވުމަށް ކައުންސިލަށް ގޮވާލަން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.