އޭދަފުށީގައި ހުރި ސަރުކާރު އޮފީސް އަދި ކުންފުނިތަކަށް ހުޅުވާލައިގެން ބ.އަތޮޅު ކައުންސިލުން ބާއްވާ އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތުގެ ގުރު ނަގައިފިއެވެ.
މިއަދު މެންދުރު ބ.އަތޮޅު ކައުންސިލްގައި އޮތް މި ރަސްމީޔާތުގައި މުބާރާތުގައި ބައިވެރިވި 6 ޓީމް ވަނީ 2 ގްރޫޕަކަށް ބަހާލާފައެވެ.
މި މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނޭ ޓީމްތަކަކީ ޕޮލިސް ، އެސްޓީއޯ/މީޑިއާ އަދި ބ.އަތޮޅު ހޮސްޕިޓަލް ޓީމެވެ.
ގްރޫޕް ބީ ގައި ހިމެނުނު ޓީމްތަކަކީ ބ.އަތޮޅު ކައުންސިލް ، ބަޔޯސްފިޔާ / އޫރިދޫ / ބޭންކް ، އަދި ބ.އަތޮޅު ތައުލީމީ މަރުކަޒެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހު 25 ވަނަ ދުވަހުއެވެ.
އަތޮޅު ކައުންސިލު އިދާރާއިން ބުނީ މިފަދަ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން އެއް ތަނަކުން ބައްދަލުވެ އެކުވެރިކަން އާލާކުރުން ކަމަށެވެ.